Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 250 އަށް، މިއަދުވެސް 2 މީހުން ނިޔާވި!

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު ދެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން ނ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 54 އަހަރުގެ އަންހެނަކު ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު ނިޔާވެފައިވާ ކަމަށެވެ. އަދި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 250 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތަށް ބަލާ އިރު، މިވަގުތު 1،769 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާ އިރު 12 މީހަކު ވަނީ ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *