Ad
ރައީސް ޔާމީން: ފޮޓޯ/ސަން
ރައީސް ޔާމީން: ފޮޓޯ/ސަން

ސްޕްރީމްކޯޓުން ރައީސް ޔާމީން މިނިވަންކޮއްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމު ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުށްސާބިތުވެ 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން ކުރި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލަ ހައިކޯޓުން ނިންމީ ރައީސް ޔާމީނާ ދެކޮޅަށެވެ. ނަމަވެސް އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، އެ މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުގެ މަރުހަލާގައި ގާނޫނާ ޚިލާފު ކަމެއް ހިމެނޭތޯ ނުވަތަ ނޫން ކަން ކަމަށެވެ.

މި ގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވާތީ، އެސްއޯއެފްއަށް ޖަމާވީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ފާހަގަވެފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ދައުލަތަށް ވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި އެ ނުކުތާ ސާފުކޮށްދެވޭނެ ވާހަކަތަކެއް ދެއްކިފައި ނުވާ ކަމަށް ވެސް މަހާޒް ވިދާޅުވިއެވެ. އަދި އެ ފުށުއެރުމަކީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ފާހަގަވާން ޖެހޭނެ އެކަމަކު ފާހަގަނުކޮށް އޮތް ފުށުއެރުމެއް ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *