Ad

ބޮޑެތި ގިނަ މައްސަލަތައް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޮސް ގިނަކަމުން: މޫސާ ސިރާޖް

ބޮޑެތި ގިނަ މައްސަލަތައް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޮސް ގިނަކަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމާ ގުޅިގެން މޫސާ ސިރާޖު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ ފަނޑިޔާރުގޭގެ ހުކުމް ސާފުކަމަށާއި ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ އަދި ނީއްވޭނެ ކަމަށެވެ. އަދި މި ‏ހުކުމުން ސާފުވީ ތަހުގީގީ އިދާރާތްތަށް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަން ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި ‏ބޮޑެތި ގިނަ މައްސަލަތަށް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޮސް ގިނަކަމުން ކަން ސިރާޖު ފާހަގަކުރެއްވިއެވެ.

އިތުރު ޕޯސްޓެއްގައި ސިރާޖު ވިދާޅުވީ ‏ފުލުހުންގެ އިދާރާ އިސްލާހުނުކޮށް ޖިނާއީ އަދުލުގެ ނިޒާމު އިސްލާހެއް ނުކުރެވޭނެކަމަށެވެ. މިއާއެކު ތަހުގީގު ކުރުމާއި ދައުވާކުރުކުގެ ހުރި ކަންބޮޑުވުން ފާހަގަކޮށް 24 މެއި 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އޭނާ ފޮނުވި ސިއްރު ސިޓީއެއް ވަނީ އާންމުކުރައްވާފައެވެ.

ތަހުޤީޤު ކުރުމުގައި ހެދޭ ގޯސްތަކުގެ ސަބަބުން ބޮޑެތި މައްސަލަތައް ބޭރުވެފައި އެބަހުއްޓެވެ. މިގޮތުން ދާދި ފަހުން އަތުލު 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލީ ތަހުޤީޤު ކުރުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *