Ad

އިނގިރޭސި ޕްރިމިއާ ލީގު: ރޮނާލްޑޯގެ 2 ގޯލާއެކު މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗް ޔުނައިޓެޑުން ކާމިޔާބުކޮއްފިއެވެ.

މި މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ 3 ލަނޑު 2 ލަނޑުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ އެމިލް ސްމިތު ރޯވް ޖެހި ގޯލުންނެވެ. އުމުރުން 21 އަހަރުގެ ސްމިތު ރޯވް އަކީ ޔުނައިޓެޑް ދަނޑުގައި އާސެނަލަށް ގޯލެއް ޖަހައިދިން ދެ ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮއްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. މިއީ ފެނާންޑޭޒް ޔުނައިޓެޑަށް ކުޅެދިން 100 ވަނަ މެޗެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑުނަގަައިދީފަ އެވެ. ދެން ފެނުނީ އާސެނަލްގެ ގޯލެކެވެ. މެޗުގެ 54 ވަނަ މިނިޓްގައި މި ގޯލް ޖަހައިދިނީ މާޓިން އޮޑެގާޑެވެ.  މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރޮނާލްޑޯއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *