Ad
ކޮޅުމަޑުލު ހިރިލަންދޫ
ކޮޅުމަޑުލު ހިރިލަންދޫ

ޒަރޫރީ ބޭނުމެއް ނެތި ކަނޑޫދޫ މީހުން ހިރިލަންދުއަށް ދަތުރު ނުކުރުން އެދެން: ހިރިލަންދޫ ކައުންސިލް

ކަނޑޫދޫގައި ކޮވިޑް ފެތުރެމުންދާތީ ޒަރޫރީ ބޭނުމެއް ނެތި ކަނޑޫދޫ މީހުން ހިރިލަންދުއަށް ދަތުރު ނުކުރުމަށް ހިރިލަންދޫ ކައުންސިލް އިލްތިމާސްކޮށްފިއެވެ.

ހިރިލަންދޫ ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ސާޖިދު ސޮއިކުރައްވާ ކަނޑޫދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކަނޑޫދޫއިން ކޮވިޑް ކޭސްތަކެއް ފެނިވައިވަނިކޮށް ޒަރޫރީ ބޭނުމެއްނެތި ކަނޑޫދޫން ގިނަބަޔަކު ހިރިލަންދޫއަށް އައިސް ރަށުތެރޭގައި އުޅޭކަމުގެ މައުލޫމާތު ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

"ތިޔަ ރަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނި، ކޮންޓެކްޓް ޓްރޭސިންގ ހަދައި އަދި ގިނަ ގޭގޭގައި މީހުން ކަރަންޓީނު ކުރެވިފައިވާ މި ހާލަތުގައި ތިޔަ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޒަރޫރީ ބޭނުމެއް ނެތި މިރަށަށް ދަތުރުކޮށް، ރަށުތެރޭގައި އުޅޭކަމުގެ މައުލޫމާތު މި ކައުންސިލަށް ދަނީ ލިބެމުންނެވެ. އެހެންކަމުން، މި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމާއި އާންމު މަސްލަޙަތަށްޓަކައި މި ހާލަތުގައި ޒަރޫރީ ބޭނުމަކަށް މެނުވީ މިރަށަށް ދަތުރު ނުކުރުމަށް ތިޔަ ރަށުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ." ހިރިލަންދޫ ކައުންސިލުން ފޮނުވި ސިޓީގައި ވެއެވެ.

ކަނޑޫދޫން މިދިޔަ ހޯމަ ދުވަހު ނެގި ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ފަހުން އިތުރު ބަޔަކުވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ.

ނަމަވެސް އެރަށް އަދިވެސް މޮނިޓަރިންއަށް ލާފައެއް ނުވެއެވެ. ކަނޑޫދޫގައި ބަލި ކޮންޓްރޯލް ކުރަން އެރަށު ކައުންސިލުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *