Ad

ރާއްޖޭގެ ގިނަ ނޫސްތައް އޮތީ އިންޑިއާ އެމްބަސީގެ ދަށުގައި، މިނިވަން ނޫސްވެރިކަމެއް ނެތް: ރައީސް ޔާމީން

ރާއްޖޭގެ ގިނަ ނޫސްތައް އޮތީ އިންޑިއާ އެމްބަސީގެ ދަށުގައިކަމަށާއި މިނިވަން ނޫސްވެރިކަމެއް މިހާރު ރާއްޖޭގައި ނެތް ކަމަށް އިދިކޮޅު ލީޑަރު އަަދި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މިނިވަންކަމާއިއެކު އެއްވެސް ކަމެއް މަސައްކަތް ކުރެވޭ ހާލަތެއް ނެތްކަމަށެވެ.

ސްޕްރީމް ކޯޓުން މިނިވަންވުމުންވެސް ބައެއް ނޫސްތަކުން ވަކި ގޮތަކަށް އާޓިކަލްތައް ލިޔުއްވައި، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ނޫސްތަކުގައި ރިޕޯޓް ކުރަމުންދާކަމީ މިނިވަން ނޫސްވެރިކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމުގައި، ނޫސްވެރިންނަށް ބިރުދައްކައި، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާފައި ނުވާނެކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި ޖާނަލިސްޓުން ކޮންޓްރޯލް ކޮށްގެން ނޫސްތަކުގައި ލިޔަމުންދާކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދެން މިތާގަ ތިބި ހުރިހާ ނޫސްވެރިން އެތިބީ އިންޑިއާގެ އެމްބަސީން އެފޮނުވާ ލާރިިކޮޅު ނަގައިގެން. ނޫސްވެރިކަމުގެ މިނިވަންކަމެއް މިތާކު ނެތް." ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *