Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑްގައި ރާއްޖެއިން މިއަދު 2 މީހުން ނިޔާވެއްޖެ، މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 253 އަށް

ކޯވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 253 އަށް އަރައިފިއެވެ.

މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ މިއަދު ފުރަތަމަ ނިޔާވީ ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ދެވަނަ އަށް ނިޔާވީ ހއ ތުރާކުނުގައި އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އާއި 200 ދެމެދުގައެވެ. ކޯވިޑް ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *