Ad

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޮން ކެންޑިޑޭޓުންނެއްބާ؟

2023 ގެ ރިޔާސީ އިންތިހާބު ބޯމަތިވާން 18 ވަރަކަށް މަސްދުވަހަށް ވެފައި ވާއިރު މި އިންތިހާބުގައި ވާދަކޮށްފާނެ ކެންޑިޑޭޓުންނަށް ބަލާލަމާހެވެ. ދިވެހި ރާއްޖޭގައި އަދިވެސް އޮތީ މައިގަނޑު ދެ ޕާޓީއެވެ. އެއީ ޕީޕީއެމް އަދި އެމްޑީޕީ އެވެ. ދެ ޕާޓީގައިވެސް އެތެރޭގެ ވާދަ ވެރިކަން އޮތީ ވަރަށް ވަރުގަދަ ކޮށެވެ.

އެމްޑީޕީގެ އެތެރެއަށް ބަލާލާ އިރު ރައީސް ނަޝީދު ބަރުލަމާނީ ވާހަކަ ފުޅު ދައްކަވަނީ ރިޔާސީ ޓިކެޓްގެ ބޭނުމުގައިކަމަށް ފެނެއެވެ. އެހެނީ ބަރުލަމާނީ ނިޒާމުގެ އެންމެ އަސާސީ ސިފަތައްވެސް ރައްޔިތުންނަށް ތިލަކޮށް ނުދެއްވާ އިރު ބަރުލަމާނީ ގެންނަން ކުރާ އެއްވެސް ސިދާ ހަރަކާތެއްނެތެވެ. ނަމަވެސް ރައީސް ސޯލިހު ވެސް ހުންނެވީ އެއްފަރާތަކަށް ޖެހިވަޑާއިގަންނަވާކަށް ނޫންކަން އެމަނިކުފާނު ކުރައްވާ ބުރަމަސައްކަތާ އަދި ކެތްތެރިކަމުންވެސް ހާމަވެއެވެ. ދެން އެމްޑީޕީގައި ހުންނެވީ މިވަގުތު ދުނިޔޭގެ އެންމެ އިތްޒަތްތެރި އެއް މަގާމުގައި ހުންނެވި ފޮރިން މިނިސްޓަރ  ޝާހިދެވެ. ދިވެހި ރާއްޖޭގައި ވެރިކަން ލިބެނީ އެންމެ ގިނަ ޕާޓީތަކެއް އެއްކޮޅަށް އަރާ ފަރާތަކަށެވެ. ނަމަވެސް އެމްޑީޕީ ޓިކެޓް ރައީސް ނަޝީދަށް ލިބި ވަޑައިގެންފިނަމަ ގިނަ ޕާތީތަކެއް އެމްޑީޕީ ފަހަތައް އަރާ ކޯލިޝަން ހަދާފާނެތޯ ސުވާލު އުފެދެއެވެ.

އަދި ޕީޕީއެމްގައިވެސް ވަރުގަދަ ފެކްޝަންތަކެއް އުފެދިފައިވާއިރު ރައީސް ޔާމީން 2023 ގައި ރިޔާސީ ރޭހެއް ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހެއްގައި ނުކުތުމުން ލިބިވަޑައިގަންނަވާނީ ކިހާ ވަރެއްގެ ކާމިޔާބީ އެއްކަމެއް އަންދާޒާ ކުރަން ދައްޗެވެ.  އަދި ރައީސް ޔާމީނުގެ ފަހަތަށް އިތުރު ޕާޓީތަކެއް އަރާފާނެތޯ ސުވާލު އުފެދެއެވެ.

އަދި ޖޭޕީ އިން ގާސިމް އަދި އެމްއެންޕީ އިން ނާޒިމް ވެސް ރިޔާސީ ރޭހައް ޝައުގުވެރިވާއިރު އަމިއްލަގޮތުން މިއަދު ސިޔާސީ މަޝްރަހުގައި އުޅުއްވާ ވަރުގަދަ ފަރާތްތަކުގެ ތެރޭގައި މަޖްލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ އަދި އުމަރު ނަސީރުވެސް ހިމެނެއެވެ.

ކޮންމެއަކަސް 2023 އަށް ސިޔާސީ ކުޅިބައި އެތުރޭގޮތް ވަރަށް ކައިރިން އިރުވަރު ނޫހުން މިދަނީ ބަލަމުންނެވެ. ކިޔުންތެރިންނަށް މީގެ ސިޔާސީ ސިލްސިލާ އާޓިކަލްތަކެއް ގެނެސްދެމުން ގެންދާނަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތި އެންމެންވެސް ވާދަކޮށްފާނެ. ކާމިޔާބު މުރާނި، ސާލިހް ކަމަށް ހިސާބު ބުނަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *