Ad

އޭސީސީ މެމްބަރުން ވަކި ކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. މިހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ.

އޭސީސީގެ މަސައްކަތްތަކާމެދު އެތައް ބައެެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެެ. މިގޮތުން އެމްއެމްޕީއާރުސީގެ މައްސަލައާއި، ވެންޓިލޭޓަރުތަކުގެ މައްސަލައިގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އޭސީސީން އިހުމާލުވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އޭސީސީގެ 5 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *