Ad

ފެނަކައިގެ ޑީއެމްޑީގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް: މައްސަލަ އޮއްބާލަން މިނިސްޓަރު ފައްޔާޒާއި މިނިސްޓަރު އަމީރު އުޅުއްވިކަމުގެ ތުހުމަތު!

ފެނަކަ ކޯޕަރޭޝންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ވަހީދު އާއި ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުންދާކަން އިރުވަރު ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިމައްސަލަ ބަލަމުންދަނީ އެކުންފުނީގެ ހެރަސްމަންޓް ކޮމިޓީންނެވެ. އެ ކޮމެޓީން ބަލަމުންދަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އެކުންފުނީގެ އަންހެން މުވައްްޒަފުންތަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްކަން އެނގިފައިވެއެވެ. މި މައްސަލަޔާ ގުޅިގެން ފެނަކައިގެ ހެރަސްމަންޓް ކޮމެޓީއަށް މުވައްޒަފުން ދީފައިވާ ބަޔާންތަކުގެ ކޮޕީވެސް އިރުވަރު ނޫހަށް ވަނީ ލިބިފައެވެ. އަދި މި މައްސަލައަށް ނުފޫޒު ފޯރުވައި ބަޔާންތައް ބަދަލުކުރުމަށް އެކުންފުނީގެ މުވައްޒަފަކު މަސައްކަތް ކުރަމުންދާކަން ކަމަށްބުނެ ހެރަސްމަންޓް ކޮމެޓީއަށް ދީފައިވާ ބަޔާނެއްގެ ކޮޕީއެއްވެސް އިރުވަރު ނޫހަށް ވަނީ ލިބިފައެވެ. މި ބަޔާނުގައި ވާ ގޮތުން މައްސަލައިގެ ބަޔާންތައް ނަގައި ދިނުމަކީ ފިނޭންސް މިނިސްޓަރު އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އެދުމެއް ކަމަށް ބުނެފައިވެއެވެ.

"މިގޮތަށް ބުނުމުން ޑީ.އެމް.ޑީ އާއި ވާހަކަދައްކަން ބޭނުންނުވާ ކަމަށް އެވަގުތު އަޅުގަނޑު ބުނީމެވެ. އަޅުގަނޑު މިހެން ބުނުމުން ހެރަސްމަންޓް ކޮމެޓީ އަށް ޑީ.އެމްޑީ އާއި ގުޅޭގޮތުން ދީފައިވާ ބަޔާން ނަގައިދިނުމަށާއި، އެކަމަކީ މިނިސްޓަރ އަމީރު އަދި މިނިސްޓަރ ފައްޔާޒް ގެ ވަރަށް ބޮޑު އެދުމެއްކަމަށާއި، މި ދެންނެވުނު ގޮތަށް ކަންކަން ކޮށްދީފިނަމަ އަޅުގަނޑު ބޭނުންވާ ރާއްޖޭގެ ކޮންމެ ތަނަކުން ވަޒީފާ އާއި އެހެނިހެން ކަންކަން ފަހިވެގެންދާނެ ކަމަށް ދީނާ ބުނެފައިވެއެވެ. ދީނާ މިހެން ބުނިނަމަވެސް މިކަންކަމަށް އަޅުގަނޑު އިންކާރުކުރީމެވެ. އަދި އަޅުގަނޑު ދީފައިވާ
ބަޔާނުގައި ހަގީގަތާއި ހިލާފް އެއްވެސް ވާހަކައެއް ނުހިމެނޭނެ ކަމަށާއި، އެ ބަޔާން ބަދަލުކުރަން ނުވަތަ އަނބުރާ ނަގަން ޖެހޭ ތަނެއް އޮތްކަމަށް ނުދެކޭކަމަށްވެސް ބުނީމެވެ. މިނޫންނަސް އެކި ގޮތްގޮތުން އެ ބަޔާން ނަގައި ދިނުމަށް އެދި ދީނާ އަޅުގަނޑާއި ވާހަކަ ދައްކާފައިވެއެވެ. ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއްނެތި ބުއްދި ސަލާމަތުން ހުރެ އަޅުގަނޑު ދީފައިވާ ތެދުބަޔާނެކެވެ." ފެނަކައިގެ އަންހެން މުވައްޒަފަކު އެކުންފުނީގެ ހެރަސްމަންޓް ކޮމެޓީއަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މި ކަމާ ގުޅިގެން މައްސަލައަށް ނުފޫޒުު ފޯރުވިކަމަށް ތުހުމަތު ކުރާ އެކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުގެ ބަޔާންވެސް ހެރަސްމަންޓް ކޮމެޓީން ވަނީ ނަގާފައެވެ. މި ބަޔާނުގައިވާ ގޮތުން އެކުންފުނީގެ ޑީއެމްޑީ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަވެއެވެ. ނަމަވެސް ބަޔާން ނަގަން އެދިފައި ނުވާނެކަމަށާއި ކުރިހާވެސް ކަމަކީ ޑީއެމްޑީގެ މެސެޖް ޕާސް ކޮށްދިނުން ކަމަށް އެ މުވައްޒަފު ބުނެފައިވެއެވެ.

"ޑީއެމްޑީ މިހެން އެދުމުން އެއީ އާދައިގެ މުވައްޒަފެއްކުމަށާއި، ޑީ.އެމް.ޑީ އަމިއްލައަށް އެވާހަކަ ބުނުން މާރަނގަޅުވާނޭކަމަށް އަޅުގަނޑު ބުނީމެވެ. ނަމަވެސް ޑީ.އެމް.ޑީ ބުނެފައިވަނީ އަޅުގަނޑާއި އެއްޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ މުވައްޒަފެއްކަމުން ގާތްވާނެކަމަށާއި، އެވާހަކަ ޑީއެމްޑީ ވިދާޅުވިކަމަށް (ނަން އުނިކުރެވިފައި) ބުނެދިނުމަށެވެ. އެހެންކަމުން އަޅުގަނޑު އެކަމަށް އާއެކޭ ބުނީމެވެ. ޑީ.އެމް.ޑީ މިހެން ބުނިފަހުން 3 ވަނަ އަށް ވީދުވަހު އަނެއްކާވެސް ޑީއެމްޑީ އަޅުގަނޑަށް ގުޅުއްވިއެވެ. އެއިރު އަޅުގަނޑަށް މިވާހަކަ ނުދެއްކޭތީ ޑީއެމްޑީގެ ފޯނެއް ނުނަގަމެވެ. ނަމަވެސް ދަބަސްތެރޭގައި ފޯނު އޮތްވަގުތެއްގައި ޑީއެމްޑީ ގުޅުމުން ނޭގި ޓަޗްވެ ފޯނު ނެގިފައި އިންތަން ފެނުމާއެކު ޑީ.އެމް.ޑީ އާއި ވާހަކަ ދައްކައި (ނަން އުނިކުރެވިފައި) ދިމާނުވާކަމަށް ބުނީމެވެ. އެދުވަހުވެސް ޑީ.އެމް.ޑީ އެދުނީ ކުރިން އެދުނު ގޮތަށް (ނަން އުނިކުރެވިފައި) ކައިރީގައި އެވާހަކަ ބުނެދިނުމަށެވެ. އޭގެ ފަހުން އެއްދުވަހެއްގެ ހެނދުނު ބުރެކްފާސްޓަށް ދިޔަ މަގުމަތީގައި ޑީ.އެމް.ޑީ އެދުނު ގޮތަށް މިނިސްޓަރ އަމީރު އަދި މިނިސްޓަރ ފައްޔާޒް އާއި ބައްދަލުކުރުމަށްފަހު ރަސްމަންޓް ކޮމެޓީއަށް ހާޒިރުކުރި ވާހަކަ އެ މީހުން ކައިރީގައި ބުނެދިނުމަށާއި، އަދި އެއިރުން ފެނަކަނޫން އެހެންތަނަކުން ވަޒީފާ ލިބޭނެ ވާހަކަ އާއި ރަނގަޅު ގޮތެއް ވާނެ ވާހަކަ (ނަން އުނިކުރެވިފައި) ޑީ.އެމް.ޑީ ވިދާޅުވެފައިވާކަމަށް ބުނެ އެ ވާހަކަ(ނަން އުނިކުރެވިފައި) އެވާހަކަ ހިއްސާކޮށްދިނުމަށް ޑީއެމްޑީ އެދިފައިވާކަމަށް އަޅުގަނޑު ބުނީމެވެ. އަދި މިވާހަކަތައް ބުނުމަށް ފަހު މިއީ ނުދައްކާ ވާހަކަތަކެއްކަމަށާއި، މިކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ވާހަކަވެސް ބުނެފައިވާނެއެވެ." ފެނަކައިގެ މުވައްޒަފެއްގެ ބަޔާނުގައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އަދިވެސް އެކުންފުނިން ގެންދަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. thiya bunaa dmd kureega huree enspa ga varah haseela nubaa insaaneh thee… kobaa zero tolerance adhi hama obbeytho dhw e balanee mi verinnah vazeefaayaaeku lux saiboni eh dheefa office ah fonuvanvee… huri hithaama ehge bodu kama.. vazeefa dheynamey konmethaakun dmd bunee .. eynage anaa tharika gaumehbaa mee anehkaa.. dhoo nukuraathi dhoo kohfiyaa dhen jahaa kashi maa vihavaane.. kuriyah baarah kuriyah

  2. Thi Ibrahim Waheed akee meege aharuthakeh kurin lDash computers in laptop eh vagah nagaigen aruvaalaafa huri meeheh. Ethaagai ulhunee office boy akah.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *