Ad

ތ. ގުރައިދޫގައި މަސްވެރިންގެ ދުވަސް ކުލަަގަދަކޮށް ފާހަގަކޮށް މަސްވެރިންނަށް އެވޯޑް ދީފި

ތ. ގުރައިދޫގައި ކައުންސިލުން މަސްވެރިންގެ ދުވަސް އެރަށުގައި ކުލަ ގަދަކޮށް ފާހަގަކޮށް މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެކިއެކި ފަރާތްތަކަށް ޚާއްޞަ އެވޯޑްތަކެއް ދީފިއެވެ.

މިގޮތުން މަސްވެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މަސްވެރިންނަށާއި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، އެންމެ ޒުވާން ކެޔޮޅަށާއި، އެންމެ ގިނައިން މަސް ގަނެ މަސް ބޭރުކުރި ފަރާތަށާއި، ރަށުގެ ހުރިހާ ކެޔޮޅުންނަށްވެސް ވަނީ އެވޯޑް ދީފައެވެ.

މި އެވޯޑްތައް ދީފައިވަނީ މަސްވެރިން، އެމީހުންގެ އަނބިންނާއި އާއިލާއާއެކު ބޭއްވި ޚާއްޞަ ހަފްލާއެއްގެ ތެރެއިންނެވެ. މަސްވެރިކަމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްގެން 19 މަސްވެރިޔަކު ވަނީ އެވޯޑް ހޯދާފައެވެ. އަދި އެރަށު ކެޔޮޅުންގެ އަގު ވަޒަންކޮށް ފާހަގަކޮށްލެވޭ 8 ކެޔޮޅަކަށް އެވޯޑް ދީފައިވެއެވެ.

އެންމެ ގިނައިން ރޯމަސް ގަނެ ކައްކާ ހިއްކާ ބޭރުކުރި ފަރާތަކަށް ހޮވުނީ އާރިފް އިބްރާހިމެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ ރޮނގުން "ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް" 2 ފަރާތަކުން ވަނީ ޚާސިލްކޮށްފައެވެ. މި އެވޯޑް ހޯދި އެއް ފަރާތަކީ އުމުރުން 82 އަހަރުގެ ދޮން ތުއްތުއެވެ. މިހާރުވެސް މިދާއިރާއަށް ޚިދުމަތް ކުރަމުން ގެންދާ ދޮންތުއްތު ވަނީ 67 އަހަރަށް ވުރެ ގިނަ ދުވަހު މަސްވެރިކަމުގެ ދާއިއާއަށް ޚިދުމަތް ކޮށްފައެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯދި 2 ވަނަ ފަރާތަކީ ހަދީޖާ މަނިކެއެވެ. އޭނާ ވަނީ 44 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައެވެ. އަދި މިހާރުވެސް ގެންދަނީ ޚިދުމަތް ކުރަމުންނެވެ.

ގުރައިދޫ ކައުންސިލުން އިސްނަގައިގެން އެރަށު މަސްވެރިންނާ ގުޅިގެން މަސްވެރިންގެ ދުވަސް ރަށު ފެންވަރުގައި ވަރަށް ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *