ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެެ. އަދި އޭގެ ފަހުން ހިންގި އޮޕަރެޝަނެއްގައި އިތުރު 91 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ ފުރަތަމަ ބައިނފުލުހުން އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ. ޓެކްސީ ހުއްޓުވީ މާލޭގެ ބުރުޒުމަގު ޔެލޯ ބްރީޒް ފިހާރަ ކައިރިންނެވެ. އެރޭ އަތުލައިގައިންފައިވަނީ 28 ޕެކެޓާއި ދަބަހެކެވެ.
މިއީ މާލެ ސަރަހައްދުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. މީގެކުރިން މިހާ ގިނައިން މަސްތުވާތަކެތި އަތުލައިގަންނަނީ ކަނޑުމަތިންނާއި ފަޅު ރަށްރަށުންނެވެ.
2019 ވަނަ އަހަރު ގދ އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލީ މައްސަލައިގައި ހަދާފައިވާ އިޖުރާޢީ ގޯސްތަކުގެ ސަބަބުންނެވެ.
One Response
ކީއްކުރަން އަވަހަށް ދޫކޮށްލާ.ބޯންޖެހޭނެ ބޯންވާނެ ނުބޮއި އެކުދިން ސަލާމަތެއް ނުވާނެ. މިކަމާ އެއްކޮޅަށް ވާހަކަ ދެއްކި ސޮރަކު ބުނީ" ހޫނ ތަހުޒީބުވެބަލަ އެކަން ރަނގަޅު ވާނީ ލުއި ޑުރަގުން ފަރުވާ ދީގެން." އިދިކޮޅަށް ވާހަކަ ދެއްކި ސޮރު ބުނީ" ޙަރާމް ކަމެއް ހުއްޓުވަން ޙަރާމް ކަމެއް ބޭނުން ނުކުރެވޭނެ "އަދި "ޒިނޭ ކުރުން ކަށީގަ ހިފާފައި ހުރި މީހަކު އެކަން ހުއްޓަން އޮތް މަގަކީ މަދު މަދުން ޒިނޭ ކުރަމުން ގޮސް ހުއްޓުންތޯ?" އެސޮރު ސުވާލު އުފެއްދި.