Ad

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮއްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮއްލައިފިއެވެ.

ފުލުހުން ބުނީ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:21 ގައި ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ އަނިޔާވެފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކޮން ކަހަލަ ޒަހަމްތަކެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާތަނަށް މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަމަކަށް ފުލުހުން ނުބުނެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *