Ad

އިންޑިއާ އައުޓްއާ ގުޅޭގޮތުން ތޮއްޑޫދާއިރާގެ މެމްބަރުގެ ހޫނު ރައްދު!

އިދިކޮޅު ކޯލިޝަނުން މިހާރު ފަށާފައިވާ އިންޑިއާ އައުޓް ކެމްޕެއިނަށް ތޮއްޑޫ ދާއިރާގެ މެމްބަރު ރައްދު ދެއްވައިފިއެވެ.
އޮންލައިން ނޫހެއް ޓެގްކުރައްވާ މެމްބަރު ޝިޔާން  ވިދާޅުވެފައިވަނީ  ދުނިޔޭގެ  ގައުމު  ތަކުގައި  އެއްގައުމުގައި އަނެއް  ގައުމުގެ ސިފައިން  ގޮތުގެ  ތަފްޞީލީ  ރިޕޯރޓެއް އެނޫހުން  އެމަނިކުފާނަށް  ހައްދަވައި  ދެއްވުމަށެވެ.  ހޫނުވެފައިވާ  މިމައުޟޫގެ  ދަނޑިވަޅުގައި  ޝިޔާން  ބޭނުން  ފުޅުވާ  މިދެންނެވި މަޢުލޫމާތަކީ  މަޖިލިސް  ބަހުސްގައި  ހާމަ  ކުރައްވަން  ބޭނުން  ފުޅުވާ  މައުލޫމާތެއް  ކަން  ސާފު  ނުވިނަމަވެސް  އަގުދެއްވައިގެން ވެސް  އެކަން  ކުރައްވަން  ޝިޔާން  ހުންނެވީ  ތައްޔާރަށެވެ
އިންޑިއާ އައުޓްއާ ދެކޮޅަށް ސަރުކާރާ  އެމްޑީޕީގެ ރައްދު  ހޫނުވާން  ފެށުމާއެކު އެއީ  އިންޑިއާއިން  އަންގައިގެން  އެމްޑީޕީން ކުރާ  ކަމެއް ކަމަށް  މިދެންނެވި  ނޫހުން ލިއުނު  ޚަބަރަކަށް  ވެސް  މެމްބަރު ހަސަން  ޝިޔާން  ހޫނު ރައްދެއް ދެއްވިއެވެ. އެނޫހަށް  ޓެގް  ކުރައްވާ ޝިޔާން  ކުރެއްވި  ޓްވީޓެއްގައި  ސުވާލު  ކުރައްވާފައިވަނީ  ތިޔަގޮތަށް  ނޫހުގައި  ލިޔަން  އެންގީ ޑްރަގްބޯޓްގެ  ކައްޕިތޯ  އެވެ.
އިންޑިއާ  އައުޓް  އަކީ  ބައިނަލް  އަގްވާމީ  ކްރޮސްބޯޑަރ  ގެ  ޖަރީމާތައް  ކަމުގައިވާ  ޑްރަގް  ނެޓްވޯރކްތަކާ،  އިންސާނީ ވަގުފާރިއާ ހަތިޔާރުގެ  މަނާ  ޑީލްތައް  ހިންގުމަށް  އިންޑިއާ  ގެ  އަސްކަރިއްޔާ  ގެ  ސަބަބުން  ހުރަސް  އެޅޭތީ  ހިންގާ ކެމްޕެއިނެއް ކަމަށް ދޭހަވާ މޭރުންމުން އެމްޑީޕީގެ  ޗެއަރޕާސަން  ހަސަން  ލަތީފު  ވެސް  ހުކުރު  ދުވަހު  ވަނީ  ޓްވީޓެއް  ކުރައްވާފައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *