Ad

އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރި ނުވޭ، އެއީ ބޮޑު ޖަރީމާއެއް: ކާނަލް ނާޒިމް

ރައީސް ޔާމީން އިސްވެހުރެ އިދިކޮޅު ކޯލިޝަނުން މިހާރު ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ވަކި ބޭފުޅަކު ފައިދާ ހޯދުމަށް ކުރިއަށް ގެންދާ ބޮޑު ޖަރީމާއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް މުޚައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީ ގަބޫލެއް ނުކުރަން އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ކެމްޕެއިން ކަމަށް. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން. އެ ގޮތަށް ގައުމަކާ ދޭތެރޭގައި ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް ހުންނެވުމަކީ ގަބޫލު ކުރެވިދާނެ ކަމެއް ކަމަށް. ބޭރުގެ އެކިއެކި ޓޫރިސްޓުން އެ ހެދުން އަޅުވައިގެން ނުކުމެ އެ ހިންގާ ހިންގުމަކީ ހަގީގަތުގައި މި ގައުމަށް ދެވޭ ވަރަށް ބޮޑު ދެރައެއް، ނިކަމެތިކަމެއް. ވަރަށް ބޮޑު ޖަރީމާއެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން އެމަނިކުފާނު ހިންގަވާ ހަރަކާތެއް ކަމަށެވެ. އަދި އެއީ އެއްވެސް ވިސްނުމެއް ނެތި ކުރާ ކަމެއްކަމަށާއި އެ ހަރަކާތުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އިލްތިމާސް ކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ. 
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *