Ad

އިންޑިއާ އައުޓް ކެމްޕެއިނަކީ ޤައުމާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް، މިކަން ކުރާކަށް ދިވެހި ސަރުކާރުން ޖާގަ ނުދޭނެ: އަލީ ޒާހިރު

އިންޑިއާ އައުޓް ކެމްޕެއިނަކީ ޤައުމާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް، މިކަން ކުރާކަށް ދިވެހި ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްްކަވަމުން އަލީ ޒާހިރު ވިދާޅުވީ، މި ޚަރަކާތަކީ ބޮޑު ޖަރީމާއެއްކަމަށާއި، މިކަން ކުރަން ދިވެހި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށެވެ. ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ހިފެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އިސްކުރާނެ ކަމެއްކަމަށާއި އެއްވެސް ބަޔަކަށް ޤައުމުގެ މަސްލަހަތު ނަގާލަން ސަރުކާރުން ޖާގަ ނުދޭނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއޮތް ގުޅުން ހީނަރު ކުރުމަށް މިކުރެވޭ މަސައްކަތުން ނުބައި ނަތީޖާއެއްވެސް ނިކުމެދާނެކަމަށް ބިރު ހީވާކަމަށާއި، މިގޮތުން ދެޤައުމުގެ އާންމު ރައްޔިތުންގެ މެދުގައި މިކަމުގެ ނުބައި ރޫހެއް އުފެދި ނުބައި ނަތީޖާއަކަށް ދިއުމުމުގެ ބިރު މިއަދު އޮތްކަމަށެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންއަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ފޯކަސް ގެއްލުވާލަން އެމަނިކުފާނު ހިންގަވާ ޖަރީމާއެއް ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްްޓަރުކަން ކުރެއްވި ކާނަލް މުޙައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *