Ad

ޝައިޚް ޙަޞީނާގެ އިސްތިޤުބާލަށް ދައުލަތުގެ އެންމެ އިސް ފަރާތަކަށް ވަޑައިގަތީ ސްޓޭޓް މިނިސްޓަރެއް!

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގަތުމުން އެކަމަނާގެ އިސްތިޤުބާލަށް ސަރުކާރުގެ އިސްވެރިޔަކު ވަޑައިނުގަތުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުން އެބަދެއެވެ.

ބަންގްލަދޭޝްގެ އެންމެ އިސް ވެރިޔާ އަދި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަޞީނާގެ އިސްތިޤުބާލަށް ރާއްޖެއިން ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންއެފެއާޒް އަޙުމަދު ޚަލީލާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދެން ބައިވެރިވީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ބޭފުޅުންނެވެ. ސަރުކާރުގެ އިތުރު އެއްވެސް ބޭފުޅަކު އަދި ވެރިއަކުވެސް އެކަމަނާގެ އިސްތިގުބާލުގައި ބައިވެރިވެފައި ނުވެއެވެ.

"މިއީ ވަރަށް ބޮޑު ލަދެއް. ރައީސް އޮފީހުގަވެސް ވަރުވަރުން މިނިސްޓަރުން ލާފަ އެބަތިބި. ބޭނުން ނުކުރާ މިނިސްޓަރުންވެސް އެބަ ތިބި. އޭގެން މިނިސްޓަރަކުވެސް އެއަރޕޯޓަށް ފޮނުވާލި ނަމަ މަންޒަރު ތައްކޮޅެއް ރީތި ވީސް." ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ދުނިޔޭގެ ބޮޑު ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގެންނެވިއިރު، އެކަމަނާގެ އިސްތިޤުބާލުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ކާރޓެސީއާއި ޚިލާފަށް ކަމަށެވެ.

ޝެއިޚު ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 22 ސެޕްޓެމްބަރ 1978 ވަނަ އަހަރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *