Ad

ލޯންޗަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ

ލޯންޗަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 18:50 ހާއިރު ވިލިމާލެ ދެކުނުފަރާތުން ލޯންޗަކާއި ޑިންގީއެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި އެކްސިޑެންޓްގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އަދި އެކްސިޑެންޓްވި ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *