Ad

ޑުބާއީ އެކްސްޕޯގައި ރާއްޖެ ތަމްސީލްކުރަން "ހަބޭސް ބޮޑުބެރު ގްރޫޕް" ޑުބާއީއަށް ދަނީ!

ހަބޭސް އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ފޭން ބޭސް އެއް އޮންނަ ގްރޫޕް

ޑުބާއީގައި މިހާރު ކުރިއަށްދާ "ޑުބާއީ އެކްސްޕޯ 2020″ ގައި ރާއްޖެ ތަމްސީލްކޮށް ޕާފޯމްކުރަން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" ޑުބާއީއަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯގައި ހުށައެޅުންތައް ހުށައެޅުމަށް ހަބޭސް ބޮޑުބެރު ގްރޫޕް ޑުބާއީއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުއެވެ. ޑުބާއީ އެކްސްޕޯގެ އިތުރުން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޑުބާއީގައި ބާއްވާ ޚާއްސަ ފެސްޓިވަލްއެއްގައިވެސް ހަބޭސް ޕާފޯމް ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. މި ޝޯވތަކުގައި ހަބޭސް ހުށައަޅައިދޭނީ ރާއްޖޭގެ ސަޤާފީ ހަރަކާތްތައްް ކަމަށް ހަބޭސް އިން މައުލޫމާތުދެއެވެ.

"ދުބާއީ ދަތުރަށް އަޅުގަނޑުމެން މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ޑުބާއީ އެކްސްޕޯގެ އިތުރުން އެހެން ބައެއް ފެސްޓިވަލްތަކުގައި ޕާރފޯމް ކުރަން ފުރުޞަތު ލިބިފައިވަނީ. މިހާރުވެސް 4 އިވެންޓްގައި ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ. މީގެތެރޭގައި ޑުބާއީގައި އާ އަހަރާ ދިމާކޮށް ބާއްވާ ޚާއްޞަ ޝޯވވެސް ހިމެނޭ." ހަބޭސް އައްޔަ ބުންޏެވެ.

ޑުބާއީގައި ޝޯވތައް ކުރިއަށް ދިޔަޔަސް މާލޭގައިވެސް ހަބޭސްގެ ޝޯވތައް ކުރިއަށްދާނެކަމަށް އައްޔަ ބުންޏެވެ. މިގޮތުން އާ އަހަރާ ދިމާކޮށް ކާނިވަލްގައި ބާއްވާ ޝޯވގައިވެސް ހަބޭސް ޕާފޯމް ކުރާނެކަމަށް އައްޔަ ބުންޏެވެ.

"ހަބޭސް ޓީމުގައި ގިނަ މެމްބަރުންތަކެއް ހިމެނޭތީ އެއްވަގުތެއްގައި ތިން ތަނެއްގައިވެސް މިހާރު ޝޯވ ތައް ދެވޭނެ. ޑުބާއީގައި ޝޯވތައް ކުރިޔަށް ދިޔަޔަސް މާލެއާއި އަތޮޅުތަކުގައިވެސް ހަބޭސްގެ ޝޯވ ކުރިއަށްދާނެ. މިދުވަސްކޮޅު ވަރަށް ގިނަ ކައިވެނި ޕާޓީތަކާއި ހިތާނީ ޝޯވތައްވެސް ދެމުން މި ގެންދަނީ." އައްޔަ ބުންޏެވެ.

ހަބޭސްގެ ދަށުން 4 ގްރޫޕެއް މިހާރުވެސް ދަނީ ހިނގަމުންނެވެ. އެއީ ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން އަދި ހަބޭސް ޕޮޕް ބޭންޑެވެ. މީގެއިތުރުން ހަބޭސް މިއުޒިކް ސްޓޫޑިއޯއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯއެވެ. ތަފާތު އެކި އުފެއްދުންތައް މި ސްޓޫޑިއޯއިން އަންނަނީ އުފައްދަމުންނެވެ.

މީގެއިތުރުން ހަބޭސް އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ފޭން ބޭސް އެއް އޮންނަ ގްރޫޕެވެ. 4 ލައްކައަށްވުރެ ގިނަ މީހުން ހަބޭސްގެ ފޭސްބުކް ޕޭޖް ފޮލޯ ކުރާއިރު ހަބޭސްގެ އިންސްޓަގްރާމް ޕޭޖަށްވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *