Ad

ޗައިނާގެ ސަފީރު "އިންޑިއާ އައުޓް" ހިންގާ "ޑިފެންޑް މޯލްޑިވްސް" ޓްވިޓަރ އެކައުންޓު ފޮލޯ ކޮށްފި!

ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރުގެ ރަސްމީ ޓްވިޓަރ އެކައުންޓް އިން "އިންޑިއާ އައުޓް" ރަސްމީކޮށް ހިންގާ "ޑިފެންޑް މޯލްޑިވްސް" ގެ ޓްވިޓަރ އެކައުންޓް ފޮލޯ ކޮށްފިއެވެ. ޑިފެންޑް މޯލްޑިވްސް ހަރަކާތަކީ ޕީޕީއެމް އިން ރަސްމީކޮށް ލޯންޗްކޮށްގެން ހިންގާ ސިޔަސީ ހަރުކަށި ފިކުރުގެ ހަރަކާތެކެވެ. ޑިފެންޑް މޯލްޑިވްސް އިން ހިންގަނީ އިންޑިއާ އައުޓް ހަރަކާތް އެކަންޔެވެ.

މީގެ ކުރިންވެސް ޕީޕީއެމް ބަޔަކު އިންޑިއާ އައުޓް މުޒާހިރާގެ ދިދަހިފައިގެން ޗައިނާ އެމްބަސީ ކުރިމަތީގައި ތިބި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ވެގެން އެމްޑީޕީ މމެންބަރުން ވަނީ "އިންޑިއާ އައުޓް" އަކީ ޗައިނާ އެމްބަސީ އިން ފަންޑް ކުރާ ހަރަކާތެއްކަމަށް ބުނެފައެވެ. ނަމަވެސް މިކަން ރަސްމީކޮށް ދޮގުކޮށް، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ބުނެފައި ވަނީ ޗައިނާ އަކީ ގައުމުތަކުގެ ދާހިލީ ސިޔާސީ ކަންތަކާ ބެހި ނުހަދާ " ނޮން އިންޓަރވެންޝަން" ޕޮލިސީ އެއް ގެންގުޅޭ ބައެއް ކަމަށެވެ.

ޑިފެންޑް މޯލްޑިވްސް ފަދަ ހަރުކަށި ސިޔާސީ ހަރަކާތެއްގެ ޓްވިޓަރ އެކައުންޓް ޗައިނާ އެމްބެސެޑަރު ފޮލޯ ކުރައްވާތީ ފާޑުކިޔުންތަށް ދަނީ އަމާޒުވަމުންނެވެ. އަދި ހަމަހަގީގަތުގައިވެސް "އިންޑިއާ އައުޓް' ހަރަކާތަކީ ޗައިނާ އެމްބަސީ އިން ފަންޑް ކުރާ ހަރަކާތެއްތޯ ދަނީ ސުވާލު އުފައްދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ކޮން ހަރުކަށި ސިޔާސީ ފިކުރެއް..ދެން ތި ފޮޓޯގެ ހަގީގަތް ނަހުލާ ކިޔައިދީފި ދެން ކޮން އަސަރެއް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *