Ad
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ ފުލެޓްތައް /ފޮޓޯ: އިރުވަރު އޮންލައިން
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ ފުލެޓްތައް /ފޮޓޯ: އިރުވަރު އޮންލައިން

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްފި

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ  އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭން ކަމަށެވެ. މި ވަގުތަށް ބަލާއިރު، ހިޔާ ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުވުންމާއި ޝަކުވާތައް އެބަހުރި ކަމަށާއި ސަރުކާރުން މަސައްކަތް މި ކުރަނީ، ހިޔާ ފްލެޓުތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދޭން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މިވަގުތު އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، ފްލެޓުތަކުގައި ދިރިއުޅެން ފެށޭވަރު ނުވަނީސް، ކުލި ދައްކަން ފަށަން ޖެހުން. ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން ދިން ތިންމަސް ދުވަސް، މި މަހުގެ ނިޔަލަށް އެ ނިމެނީ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ، އެ މުއްދަތުގައި މަސައްކަތް ނިންމައި، އެތަންތާނގައި ދިރިއުޅެން ފެށޭވަރެއްނުވި. މިކަމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައި މިވަނީ، ފްލެޓުތައް ނިންމުމަށްޓަކައި، ކުލި ނުނަގައި، އިތުރު ތިން މަސްދުވަސް، ފްލެޓުތަކުގެ ވެރިންނަށް ދޭން. އަޅުގަނޑު އުންމީދު ކުރަނީ، މި ފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، މިހާރު ނުނިމިހުރި ފްލެޓުތައްވެސް ނިމިގެން، އެތަންތަނުގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓްގެ ފިނިޝިންގް މަސައްކަތްތައް ނުނިންމައެވެ. މިގޮތުން މުށިޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ކަރަންޓު ސާމާނު ހަރުކުރުމާއި ކުލަލުން ފަދަ އެއްވެސް ކަމެއް ހުރީ ނުކޮށެވެ. ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ފުރަތަމަ ދިނީ 3 މަސްދުވަހުގެ މުއްދަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *