Ad

ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެ އާއި އެކަހެރިވެފަ: އެމްޓީޑީ

ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެ އާއި އެކަހެރިވެފައި ކަމަށް އެމްޓީޑީން ބުނެފިއެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ކުއްވެރިކޮށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އެމްޓީޑީން ނެރުނު ބަރާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އަކީ ޒަމާންވީ ތާރިޙީ އެތައް ގުޅުމެއް އޮތް އަހުވަންތަ އެކުވެރި ދެގައުމު ކަމަށާއި، ރައީސް ޔާމިނުގެ ވެރިކަމުގައި އެމަނިކުފާނުވެސް ވަނީ އިންޑިއާ އާއި ސިޔާސީ، އިގްތިސާދީ އަދި ދިފާއި އެތައް ގުޅުންތަކެއް ވަރުގަދަކޮށްފައި ކަމަށެވެ.

"ރައީސް ޔާމީނު ވަނީ އިސްވެ އިންޑިއާ އާއި އެކީ ގުޅުން ބަދަހި ކުރުމައްޓަކައި އިންޑިއާގައި އެދިގެން ވެރިކަން ލިބުމުގެ ކުރިންނާ އަދި ވެރިކަން ލިބުމުގެ ފަހުންވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީވެސް އިންޑިއާ އަށެވެ. އަދި ރައީސް ޔާމީނު ސަރުކާރުން ފުރަތަމަ ސޮއެކުރި ޑިފެންސް އެގްރިމަންޓަކީ އެމަނިކުފާނު އެކަމަށް އެދި އެންޑޯސް ކޮށްގެން އިންޑިއާ އިން ދެވަނަ ހެލި ކޮޕްޓަރުގެނައުމުގެ އެގްރިމަންޓެވެ. އަދި އިތުރު މިލިޓަރީ ދޯނިޔާ މަތިންދާ ބޯޓެއް ގެންނަންވެސް އިސްވެ އިންޑިއާގައި އެދުނީ ރައީސް ޔާމީނުކަން އޭރުގެ ގިނަ ވަޒީރުން ހެކިވާނެއެވެ." ރައީސް ޔާމީންގެ ވެރިކަމުގައި ނައިބް ރައީސްކަން ކުރި އަހުމަދު އަދީބު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެ އާއި އެކަހެރިވެ ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާހިސާބުގައި ކަމަށް މި ބަޔާނުގައި ވެއެވެ.

"ރައީސް ޔާމީނަށް އިންޑިއާ، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، ޔޫ.އެން އަދި ކޮމަންވެލްތުވެސް ގޯސްވީ ސިޔާސީ އެތައް ކުއްވެރިންނެއް ޖަލަށްލައިގެން އަނިޔާ ނުކުރުމަށާ ، އިންސާފު ގާއިމުކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މިޑިމޮކްރެޓިކް ގައުމުތަކުންނާއި ޖަމާއަތް ތަކުން  ގޮވާލުމުންނެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރުވެސް ޔޫއެންގައި ދިވެހިރާއްޖެ ތަމްސީލު ކޮށްދެއްވާކަށް ރައީސް ޔާމީނަކަށް ކެރިވަޑައެއްނުގަތެވެ. އަދި ކޮމަންވެލްތުން ސަސްޕެންޑް ކުރާނެ ކަން ޔަގީން ވުމުން އަވަހަށް އެޖަމާއަތުން ވަކިވިއެވެ. އަދި އެތައް ގައުމަކާ ހާރިޖީ ގުޅުން ކަނޑާލެއްވިއެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެ އާއި އެކަހެރިވެ ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާހިސާބުގައެވެ." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީން ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކުރައްވާތަން ނުފެންނަ ކަމަށް މި ބަޔާނުގައިވެއެވެ.

"މިއަދު ރައީސް ޔާމީނު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ އަޑުއުފުލާ ސަރުކާރު ޖަވާބުދާރީ ކުރުވާތަނެއް ނުފެނެއެވެ. މިފަހުން ހިޔާ ފްލެޓްގެވެރިންނާއި އަދި އަރަބިއްޔާގެ ބެލެނިވެރިން ވެސްޖެހުނީ އަމިއްލަޔަށް އަޑުއުފުލާ ހައްގުތަކަށް ވަކާލާތު ކުރާށެވެ. އަދި ރައީސް ސޯލިހު އެފަރާތްތަކުގެ އަޑުއައްސަވާ އެކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވިއެވެ. ރައްޔިތުންނަކަށް މިއަދު އިދިކޮޅުޕާޓީ އެއް އަދި އިދިކޮޅު ލީޑަރެއްގެ ބޭނުމެއް ނުހިފެއެވެ. އަދި މިދިޔަ ދެއަހަރު މުޅި ދުނިޔޭގައި ފެތުރެމުން މިދާ ކޮވިޑް-19 ކާރިސާ އާއި ބެހޭގޮތުން އެއްވެސް ހަމްދަރުދީގެ ބަސްފުޅެއްވެސް ރައީސް ޔާމީން ވިދާޅެއްނުވެއެވެ." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮތުން ދަތި އުދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް "އިންޑިއާ އައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެން ކަމަށް މި ބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބަލަ މިހާރު ގޯތި އެވިއްކަނީ ވެސް ކުރީ ސަރުކާގެ ޕްލޭނާ އެއްގޮތަށޯ (އަސްލަމް)……ކުރީ ސަރުކާރުގައި ރާއްޖެ އޮތީ ދުނިޔެއާ އެކަހެރި ވެގެންނޯ.(އެްޓީޑީ)
    * އެކަމަކު އެކަން ރަނގަޅުކޮށް ގައުމުގެ މިނިވަން ކަމަށް ބުރޫއަރާ ގޮތަށް ވަގު އެއްބަސް ވުން ހަދާފަ އެއޮތީ މިސަރުކާރުން.ދެން ގޯތި ނުވިއްކާ ރައްޔިތުންނަށް ނުދިނީޔޯ…..އަސްލަމް މެން ތިދައްކާ ވާހަކަ މިހާރު ރައްޔިތުން ގަބޫލެއް ނުކުރޭ..ހުސް ވަގުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *