Ad

އިނގިރޭސި ޕްރިމިއާ ލީގު: 3 ލަނޑު 1 ލަނޑުން ބާންލީގެ މައްޗަށް މެންޗެސްޓާރ ޔުނައިޓެޑުން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑް މިމެޗް ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.

މެޗްގެ ފުރަތަމަ ގޯލް 8 ވަނަ މިނެޓްގައި ޖަހައިދިނީ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. ޔުނައިޓެޑުން ލީޑުފުޅާކުރީ މެޗުގެ 27 ވަަނަ މިނިޓްގައި ބާންލީގެ ކެޕްޓަން ބެން މީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ ޖެހި ޝޮޓެއް ބްލޮކްކުރަން އުޅުމުގެ ތެރޭގައި މީގެ ގައިޖެހިގައި މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ރޮނާލްޑޯ އެވެ.

ބާންލީގެ ހަމައެކަނި ގޯލް 38 ވަނަ މިނެޓްގައި ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ އާރޮން ލެނަން އެވެ.

މި މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް ތާވަލްގެ ހަ ވަނަ އަށް އެރީ 18 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *