Ad

މިސްރުގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދިވެހި ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މިސްރުގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދިވެހި ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިސްރުގެ ޤާހިރާގައި ކިޔަވަމުން ދަނިކޮށް ރޭ ކުއްލި ގޮތަކަށް ނިޔާވީ ގއ. ދެއްވަދޫ މިންހާޖް ޢީސާއެވެ. މިންހާޖް ޢީސާއަކީ މިސްރުގައި އެއަރކްރާފްޓް އިންޖިނިއަރިން ދާއިރާއިން މަތީތައުލީމު ޙާސިލުކުރަމުން ދިޔަ ދަރިވަރެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި ހާދިސާ ހިނގީ އެ ގައުމުގެ ވެރިކަންކުރާ ސިޓީ، ގާހިރާގައި ކަމަށެވެ.

އޭނާ ނިޔާވީ ފުޓްބޯޅަ ކުޅެގެން އައިސް ފެންވަރަށް ފާހާނާގައި ހުއްޓާކަމަށް މައުލޫމާތު ،ލިބެއެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *