Ad

ދޯންޏެއް އަޑިޔަށް ދާތީ ކޯސްޓްގާރޑުން ހަރަކާތްތެރި ވަނީ

ފ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިޔަށް ދާތީ އެ ދޯންޏާއި އެ ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފ. ފީއަލީ ކައިރިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "އަލަމާ-05″ ނަމަކަށް ކިޔާ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާރު ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު މި ދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:22 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ދަތުރުކުރަމުން އައީ 3 މީހުންކަމަށާއި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ހޯދިހޯދުމުން މި ދޯނީގެ އެއްވެސް ހަބަރެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *