Ad

ދޯނިން ގެއްލުނު 3 މީހުންގެ ތެރެއިން 2 މީހުން ނަގައިފި

އަލަމާ-5 ދޯނިން ގެއްލުނު 3 މީހުންގެ ތެރެއިން 2 މީހުން ނަގައިފިއެވެ.
އެމީހުން ފެނިފައިވަނީ ދަނގެއްޗާ ދިމާލަށް 20 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ. ފެނިފައިވަނީ 2 ބިދޭސީންނެވެ.

އެމީހުން ފެނުނު އިރު ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. މިރޭ 11:15 ކަންހާއިރު ކޯސްޓްގާޑަށް އެމީހުން ވަނީ ނަގާފައެވެ.

ފެނުނު އިރު އެ 2 މީހުން ތިބީ ހަމެއްގެ މަތީގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ކެޕްޓަން އެހެން ހަމެއްގެ މަތީގައި އޮއްވައި އިރު އޮއްސުނު އިރު ދެ ބިދޭސީނަށް ފެނުނެވެ. އިރު އޮއްސުމުން ކެޕްޓަންއަށް ވީ ގޮތެއް ނޭންގޭކަމަށް މަޢުލޫމާތު ލިބެއެވެ.

އަލަމާ-5 ދޯނިން ދަތުރުކުރީ 2 ބިދޭސީންގެ އިތުރުން ދިވެއްސެކެވެ. ދޯނީގެ ކެޕްޓަން އަކީ ދިވެއްސެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *