Ad
އިބްރާހިމް މަމްނޫން/ ފޮޓޯ: ސަން
އިބްރާހިމް މަމްނޫން/ ފޮޓޯ: ސަން

ފެނަކައިގެ މެނޭޖަރެއްގެ މަޤާމުގައި ހުރި އިބްރާހިމް މަމްނޫން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮއްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރެއްގެ މަޤާމުގައި ހުރި އިބްރާހިމް މަމްނޫން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮއްފިއެވެ.

އިބްރާހިމް މަމްނޫން (މަންމޫ) ވަނީ ސޯޝަލް މީޑިއާގައި އޭނާ ވަޒީފާއިން ވަކިކުރިކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. ވަޒީފާއިން ވަކިކުރިކަން ހާމަކޮށް މަންމޫ ކޮށްފައިވާ ޕޯސްޓެއްގައިވަނީ ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ ކަމަށާއި އޭރުވެސް ވައްކަމާ ދެކޮޅު ކަމަށެވެ.

"ކުއްލިޔަކަށް އަޅުގަނޑު ވަޒީފާއިން ވަކިކޮއްފި.. ވައްކަން ކުރަންޔާ އެވާހަކަ ދައްކާނަން…އަދިވެސް ދައްކާނަން.. މިއަދު ކަލޭމެން ބޭނުން އެއްޗެއް ލިޔެފަ ވަކިކުރެވިދާނެ.. އޭރުވެސް ވައްކަމާ ދެކޮޅު މިހާރުވެސް ދެކޮޅު." މަމްނޫން ބުނެފައިވެއެވެ.

https://twitter.com/ibrahim_mamnoon/status/1478317802482110466

މިހާރު ޖުމްހޫރީ ޕާޓީގައި އިސްސަފުގައި ހަރަކާތްތެރިވާ އިމްރާހިމް މަމްނޫނަކީ މާލޭ ސިޓީކައުންސިލްގެ ކުރީގެ ކައުންސިލަރެކެވެ. މަމްނޫނަކީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ވަރަށް ފާޅުކަންބޮޑު ގޮތަކަށް އަޑުއުފުލަމުންގެންދާ ފަރާތެކެވެ.

ފެނަކަ ކުންފުނީގެ ތެރޭގައި ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ދާދިފަހުންވެސް ވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ޖިންސީ ފުރައްސާެރައިގެ މައްސަލައެއް ފެންމަތިވެފައެވެ. ކުންފުނީގެ ވެރިން 2 ފެކްޝަނަކަށް ބެހި ކުންފުނީގެ ވިސްނުން މިހާރު ހުރީ 2 މިސްރާބަކަށް ކަމަށް އެކުންފުނީގެ ބައެއް މުވައްޒަފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *