Ad

ކޯވިޑްގެ ހާލަތު ގޯސްވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަނެއްކާވެސް ނިންމާފައެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ހާލަތު މުޅި ރާއްޖޭގައި ގޯސްވަމުންދާތީއާއި މި ބަލި ކޮންޓްރޯލްކުރުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދޭތޯ ކަށަވަރުކޮށްދިނުމަށެވެ.

ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އުޅޭނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ނެތް ރަށްރަށުގައި ކޯވިޑް ޓާސްކް ފޯހުން މިކަން ބަލަމުން ދާނެކަމަށް ފުލުހުން ބުނެއެވެ.

"ކޮވިޑްގައި ފައްސިވާ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކުރެވިފައި. މިކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ. ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކު އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަން." ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *