Advertisement
BML Home 2nd Ad

ހދ. ކުޅުދުއްފުށި އެއަރޕޯޓް! ޑިމާންޑް އޮތަކަސް ފްލައިޓް އިތުރުކުރާކަށް ސަރުކާރުން ބޭނުމެއް ނުވޭ!

ގާތްގަނޑަކަށް ފަނަރަހާސް މީހުން ދިރިއުޅޭ ހދ. ކުޅުދުއްފުއްޓަކީ އުތުރުގެ ވިޔަފާރި މަރުކަޒީ ރަށެވެ. ވިޔަފާރިކުރުމަށާއި ޞިއްޙީ ޚިދުމަތްތައް ހޯދުމަށްޓަކައި ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ނ އަތޮޅުގެ އެކި ރައްތަކުން ކުޅުދުއްފުއްޓަށް މީހުން ދަތުރުކުރެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ހދ. ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަސް ސަރުކާރުން ތަރައްޤީ ގެނައުމަށް މާބޮޑު ވިސްނުމެއް އޮތް ރަށެއް ހެނެއް ހިޔެއް ނުވެއެވެ. އެހެން ނަމަވެސް، ކޮންމެ އިންތިޚާބެއްގައިވެސް ހދ. ކުޅުދުއްފުށީ ރައްޔިތުންނަށް ފޮނި ހުވަފެންތަކެއް ކޮންމެ ސަރުކާރަކުންވެސް ދައްކައި ވޯޓުގެ ބޭނުމަށްޓަކައި ރައްޔިތުން ގުބޯ ހައްދާކަމީ އެރަށު ރައްޔިތުން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެރަށު ބިން ހިއްކިއެވެ. ނިމިދިޔަ ސަރުކާރުން ހދ. ކުޅުދުއްފުށީ މަގު ހަދައި ތާރު އެޅިއެވެ. އަދި، ކުޅި ހިއްކައިގެން އެއަރޕޯޓް އެޅިއެވެ. އެއީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައުމާއެކު ވެރިކަމާއި ޙަވާލުވި ރައީސް ޞޯލިޙުގެ ސަރުކާރުގެ ޒިންމާއަކަށްވާންޖެހޭނީ ކުޅުދުއްފުށީ އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓަށް ލޭންޑްކުރާ ފްލައިޓްތަކުގައި ޢަދަދު އިތުރުކުރުމެވެ. އެހެން ނަމަވެސް، ހިތާމައަކީ ކުޅުދުއްފުށީ އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރި މާބޮޑު މަސައްކަތެއް ފެންނަން ނެތުމެވެ.

ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވީދުވަހު މޯލްޑިވިއަން ޓިކެޓް ހޯދަން މަސައްކަތްކުރި މީހަކު ނޫހާއި ޙިއްސާކޮށް ބުނެފަވަނީ، ޓިކެޓް ޑިސެމްބަރ 25 އާ ހަމައަށް ފުލްކަމަށެވެ. މިއީ ޑިމާންޑް އޮތް ވަރެވެ. އެހެން ނަމަވެސް، ހަފްތާއަކު 3 ދުވަހު އެންމެ ފްލައިޓެއް ދަތުރުކުރާ ގޮތަށް އޮންނަ އޮތުމަކީ ދަތުރުވެރިންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެކަމެކެވެ.

ހދ. ކުޅުދުއްފުށީ އެއަރޕޯޓް މައްސަލާގައި ޙައްލެއް ހޯދަން މަސައްކަތްކުރިންތޯ އެރަށު މީހަކާއި ސުވާލުކުރުމުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި އެރަށުގެ 2 ގޮނޑިއަށް އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެމްބަރުން ތިބޭކަމަށާއި، ގުޅާލުމުން ބުނެފަވަނީ، ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ފްލައިޓް އިތުރުކުރާނަމަ ހދ. ހަނިމާދޫ އެއަރޕޯޓަށް ޖައްސާ ފްލައިޓްތަށް މަދުކުރަންޖެހޭ ކަމަށެވެ. އެހެންވެ، އެކަން ނުވަނީއެވެ. އެހެން ނަމަވެސް، އެއީ ޒިންމާދާރު ޖަވާބެއް ހެއްޔެވެ؟ ވޯޓާ ޖެހުނީމާ، ދެންވެސް އަންނާނީ ރައްޔިތުންގެ ގާތަށެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add