Advertisement
BML Home 2nd Ad

ހިޔާ ފްލެޓުގެ ކޮންކްރީޓް ސްލެބު ކެނޑުން ހުއްޓުވަންޖެހޭ: މޭޔަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުންދާ ހިޔާ ފްލެޓުތަކުގެ ކޮންކްރީޓް ސްލެބު ކެނޑުން ހުއްޓުވަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

މާލޭގެ މޭޔަރު މިހެން ވިދާޅުވީ ހިޔާ ފްލެޓުގެ ކޮންކްރީޓް ސްލެބު ކަނޑަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު ކުރެއްވި ޓުވީޓެއްގައެވެ.

މި ވީޑިއޯގައި ފެންނަނީ ބިދޭސީންގެ ދެމީހަކު ހިޔާ ފްލެޓުގެ ކޮންކްރީޓް ސްލެބު ކަނޑައިގެން މަސައްކަތެއް ކުރަމުންދާ މަންޒަރެވެ. މޭޔަރުގެ ޓުވީޓުގައި ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަރުކާރުން މިކަންކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާފައި ވެއެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރަން ޖެހޭ ވަކި އުޞޫލެއް އެޗްޑީސީން ވަނީ ޢާންމުކޮށްފައެވެ. އެ އުޞޫލުގައި ބުނާގޮތުން އެތެރޭގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެންނެވެ. އެ ހުއްދައާއެކު ވެސް މަސައްކަތް ކުރިއަށް ގެންދެވޭނީ އިމާރާތުގެ އޮނިގަނޑަށް ގެއްލުމެއް ނުވާނެ ގޮތަށެވެ. އެގޮތުން އިމާރާތުގައިވާ ކޮންކްރީޓް ސްޓްރަކްޗަރަށް އެއްވެސް އުނިކަމެއް އަންނަ ފަދަ ބަދަލެއް ގެނައުމަކީ މަނާކަމެވެ. މިފަދަ އުޞޫލުތަކެއް ހުރި ނަމަވެސް އެކަންކަމަށް އެންމެ ރަގަޅަށް އަމަލުނުކުރެވޭތީއާއި ތަންފީޒު ނުކުރެވޭތީ ޢާންމުންގެ ޝަކުވާ ވެސް ބޮޑެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަަކަށް ޑރ. މުޢިއްޒު ހުންނަވައިގެން އިމާރާތް ކުރެވުނު ހިޔާ ފްލެޓުތަކާމެދު މިސަރުކާރުން އަމަލުކުރަނީ ވަރަށް ގޯސްކޮށް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މި ސަރުކާރުން “ކޮތަރު ކޮށިތަކެއް” ގޮތުގައި ސިފަކުރި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެއީ ގަނޑުވަރަކަށް ވީނަމަވެސް އެތަނަށް ސަރުކާރުގެ އަޅާލުން ކުޑަކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. އަދި ހިޔާ ފްލެޓަކީ ކުރީ ސަރުކާރުން އިމާރާތްކުރި ބިނާއަކަށް ވުމުން އެތަން ނައްތާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އެޗް،ޑީ،ސީ އިން މަނާކޮއްފައޮތް ކަމެއް ރައްޔިތުމީހާކުރުމުން ގޯސްމވަނީ އެޗް،ޑީ،ސީ..
    ކޮންމެ ކަމެއްވެސް ގޯސްވީމަ ސަރުކާރު.. ތިކަމުގަ ސަރުކާރުގޯސް ކުރެވޭނީ ތިކަން މަނާ ނުކޮއް އޮތްނަމަ.. އޭރުންބުނެވިދާނެ އަޅައެއްވެސް ނުލައޭ..
    ދެންއޮތީ ތިކަމައްފިޔަވަޅު އެޅިތޯ ނޫނީ އަޅާތޯބެލުން. އެކަމުގަ އެޅެންއޮތް އެންމެބޮޑު ފިޔަވަޅެއް އަޅަންޖެހޭނެ ތިކަންކަން ތަކުރާރުވިޔަނުދޭން…

  2. Mulhi imaaraathah gellunve ehenmeehunge salaamathah nurahkaa vedhaane fadha gothakah amalu koffi meehehge athun flat jeheynee athulaan. Mifadha meehunnakee ehmedhu imaaraathehgai dhiriulheveyney bayeh noon.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add