އދ ގެ އާންމު މަޖިލީހުގެ މައި މަރުކަޒެވެ. މިމްބަރުގައި ހުންނަވައި ހުކުރު ޚުތުވާ ވިދާޅުވަމުން އެގެންދަވަނީ އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެއީ ތާރީޚީ ވަގުތުކޮޅެކެވެ. ދުނިޔޭގެ ތާރީޚުގައިވެސް އަދި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ދިވެއްސަކު އދގެ އާންމު މަޖިލީހުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމުގެ ރިކޯޑާއި ފަޚުރު އެ ހޯއްދެވީ މިނިސްޓަރު ޝާހިދެވެ.

އިނގިރޭސި ބަހުން ވިދާޅުވި ޚުތުބާގައި މައިގަނޑު ނަސޭހަތަކީ އެއްބައިވަންތަކަން އިސްކުރުމާއި، މާފުކުރުމާއި، މާފަށް އެދުމާއި، ކެތްތެރިކަމާއި ތަޤުވާވެރި ކަމެވެ. ކީރިތި ޤުރުޢާނާއި ރަސޫލާގެ ހަޔާތްޕުޅުގެ ހާދިސާތަކުން މިސާލު ނަންގަވައި ވަށާޖެހޭ ފަށުވި ހުތުބާއެއް ވިދާޅުވެދެއްވިއެވެ.
މިއީ ދިވެހިންނަށް ފަޚުރުވެރިކަން ގެނެސްދިން ވަގުތުކޮޅެކެވެ. ދިވެހި ޚާރިޖީ ވަޒީރު އދގެ އާންމު މަޖިލީހުގެ މައިމަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު އުފަލެކެވެ.

ދިވެހިންނާއި ދިވެހިރާއްޖެ ބޭރުދުނިޔޭގައި ވިދާލުމަށް މިނިސްޓަރު ޝާހިދުގެ މަސައްކަތްޕުޅު ބޮޑެވެ. އެމަނިކުފާނު އެގެންދަވަނީ ރިކޯޑަކަށްފަހު ރިކޯޑެއް ހައްދަވައި ދިވެހިންގެ ނަން ދިރުވަމުންނެވެ.

އަބްދުﷲ ޝާހިދު ފާހަގަވެފައިވަނީ ކުޅަދާނަ ލީޑަރެއްގެ ގޮތުގައެވެ. ކުޅަދާނަ ހިކުމަތްތެރި ޑިޕްލޮމެޓްގެ ނަން ތާރީހުގެ ތެރެއަށް ވަދެ އާ ރިކޯޑެއް ގާއިމްވެގެން ދިޔައީ އެމަނިކުފާނު އިމާމުވެ ކުރެއްވި ހުކުރު ނަމާދުންނެވެ. ދުނިޔޭގެ އެތައް ބަޔަކު ގެންދަނީ އެމަނިކުފާނަށް ތައުރީފް ކުރައްވަމުންނެވެ.





One Response
ތައުރީފް ކުރި ބައެއް ޖަހާބަލަ އެހެންނޫނީ މީހުން ހީކުރާނީ އެއީ ދޮގެއްކަމަށް ދޯ ؟