Advertisement
BML Home 2nd Ad

މަޝްހޫރު ފިލްމީ ތަރި ދޮންއައްޔަ އެމްޓީޑީއަށް ސޮއިކޮއްފި

މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ދޮންއައްޔަ) މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އާ ގުޅިއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ގިނަ ފިލްމު ތަކުންނާއި ޑްރާމާތަކުން އާންމުންގެ މަޤްބޫލްކަން ހޯދާފައިވާ ދޮން އައްޔަ އެމްޓީޑީއަށް ސޮއިކުރުމަށްފަހު ފޯމު ހަވާލުކޮއްފައިވަނީ އެޕާޓީގެ އަންހެނުންގެ ވިންގުގެ ރައީސް އަދި މަޝްހޫރު ބޯޅަޖެހި ސްޓޯރުގެ ވެރިޔާ ހައްޖަ އިސްމާއިލްއާއެވެ. ދޮންއައްޔަގެ އިތުރުން ގިނަ އަދަދެއްގެ ފަންނާނުންނާއި، ލަވަކިޔުންތެރިންނާއި، ނެށުންތެރިންގެ އިތުރުން ޒުވާނުންގެ ތެރޭގައި މަޤްބޫލް ޓިކްޓޮކްގެ ތަރިން އެމްޓީޑީއާ ގުޅެމުންދާ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޓީޑީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ އަދަދެއްގެ ޕައިލެޓުން ފުލުފުލުން ދަނީ އެޕާޓީއާ ގުޅެމުންނެވެ. ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އިސްވެ އުފައްދަވާފައިވާ އެމްޓީޑީއަކީ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް ސިޔާސީ ޕާޓީއެވެ. އެޕާޓީ އުފައްދަން ބޭއްވި ޖަލްސާގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. އަދި އޭގެ ފަހުން ވެސް ގިނަ ޒުވާނުން ދަނީ އެމްޓީޑީއާ ގުޅެމުންނެވެ. އެމްޓީޑީއާ ގުޅޭ ޒުވާނުން ބުނަމުންދަނީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެންމެ ފަހި ފުރުސަތެއް އޮތް ސިޔާސީ ޕާޓީއަކީ އެމްޓީޑީ ކަމަށެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Kontaneh mashooree mee konbaeh golhijehigamees laigen gn cykuga magumatee wallet ga 5 rf netidhuviyas mashooruveytaa migaumuga loool

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add