ވަންދޫގައި މިފަހަރު ޢީދު ފަޅުފިލުވައިދެނީ "ވަންދޫ ވޭލިއަންޓް ކުލަބުން،" ސަޤާފީ އެތައް ހަރަކާތްތަކެއް!

ކޮޅުމަޑުލު ވަންދުއަކީ ކޮންމެ އަހަރަކުވެސް ބޮޑު އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަކުރާ ރަށެކެވެ. އެރަށުގައި އީދު ފާހަގަ ކުރަމުން ދަނީ ރަށުގެ ކުދިބޮޑު އެންމެންނާއި ރަށަށް ޒިޔާރަތްކުރާ މެހެމާނުންވެސް ޓީމުތަކަށް ބަހައިގެންނެވެ. އެންމެ ކުރީ ޒަމާނުން ފެށިގެން އެރަށުގައި އީދު ފާހަގަކުރަމުން އައީ ރަށުގެ ރައްޔިތުން އަމިއްލައަށެވެ. ރަށު މީހުންގެ ސަޤާފީ ހަރަކާތްތަކުންނެވެ.

 

 

ނަމަވެސް ފަހަކަށް އައިސް ރަށުން ބޭރުން އެކި އެކި ގްރޫޕްތައް ގެނެސްގެންވެސް ޢީދު ފާހަގަކުރިއެވެ. މިއާއެކު ޒަމާނުއްސުރެ އެރަށުގައި ކުޅެމުންއައި ސަޤާފީ ކުޅިވަރުތައް މަޑުމަޑުން އުވެން ފެށިއެވެ. "ކަނޑިޔާ ނެށުން" އަދި "ބެއި ނަރުން" ފަދަ ޒަމާންވީ ސަޤާފީ ކުޅިވަރުތައް ނެތިގެން ހިނގައިދާނެކަމަށް ބެލެވުނެވެ. ނަމަވެސް އުވެމުން ދިޔަ ސަޤާފީ ކުޅިވަރުތައް ނަގާ ކޮޅަށް ޖަހައިދިނީ ދާދި ފަހުން ވަންދޫގައި އުފެދުނު މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ "ވަންދޫ ވޭލިއަންޓް ކަލަބު"ންނެވެ.

ކޮންމެ އަހަރެއްގެ އަޟްޚާ އީދާ ގުޅިގެން ވަަންދޫ ކައުންސިލް ބާއްވާ ފުޓްބޯޅަ، ވޮލީ އަދި ބަށި މުބާރާތް މިފަހަރުވެސް ކުރިއަށްދެއެވެ. ބޮޑު އީދާ ގުޅިގެން ރަށުގައި ކުރިއަށްގެންދާ ސަޤާފީ ހުރިހާ ކުޅިވަރެއް ކުރިއަށް ގެންދަނީ ވަންދޫ ވޭލިއަންޓް ކުލަބުންނެވެ.

މިގޮތުން ރޭގަނޑު އޮންނަ ބޮޑުމަސް ނެރުމާއެކު އޮންނަ މާލި ނެރުން ނުވަތަ "ބެއި" ނެރުމުގެ ހަރަކާތަކީ ވަރަށް ފާހަގަކޮއްލެވޭ ހަރަކާތެކެވެ.

ވަންދޫ ވޭލިއަންޓް ކުލަބުން ބުނީ އަންނަ އަހަރު އީދު މިއަށްވުރެ ކުލަގަދަކޮށްް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *