Advertisement
BML Home 2nd Ad

ގއ ވިލިނގިލީ ޝިހާމް ހަވަރައްދީ ދިއްފުށީގައި ތެޅީ ދާއިރާ މެމްބަރު ނަސީމް ހިއްވަރުދީގެން؟

ކ. ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ގއ. ވިލިނގިލީ މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހަވަރު އެއްކޮށް އެމީހާ ގައިގާ ދިއްފުށީ ވަކި ގްރޫޕަކުން އަކުން ވަނީ އެމީހާ މަރުވާރަށް ތަޅާފައެވެ. އަދި ތަޅާ އެތައް އަނިޔާއެއްދީ އޮރިޔާން ކޮށް އެމީހާ ހޭނެތުމުން ބަޔަކު އޭނާ ހޮސްޕިޓަލަށް ގެންދިޔުމުން އެބަޔަކު ވަދެ ހޮސްޕިޓާ ތެރެއިންވެސް ވަނީ އެމީހާގައިގާ ތަޅާ، އަދި ހުއްޓުވަން އައި ފުލުހުންނާއި ކުރިމަތިލައި އަދި ސިއްހީ މަރުކަޒުގެ މުދަލަށް ވެސް ވެސްދީފައެވެ.

Advertisement
Etukuri Inside ad 300x300 Desktop

ދިއްފުށީ ދެތިން ފަރާތަކާއި އިރުވަރު ނޫހުން ގުޅާލުމުން އިނގުނީ ގއ.ވިލިނގިލީ ޝިހާމް ނަމަކަށް ކިޔާ މީހާ ގައިގާ ތެޅީ ތުލުސްދޫ ދާއިރާގެ މެމްބަރު ވަރަށް ގާތް ގްރޫޕަކުންނެވެ. އަދި އެގްރޫޕަކީ މެމްބަރު ނަސީމް ކެމްޕޭންގައި ވަރަށް އިސް ކޮށް އުޅުންބައެކެވެ. "ފުލުހުން ތަހުގީގުކޮށް ޝީހާމް އެކަން ކޮށްފަ އޮތިއްޔާ އޭނަޔަށް ގާނޫނުގެ ދަށުން އަދަބުލިބެން ޖެހޭ ނަމަވެސް އޭނާ ހަވަރަށްދިނުމަކީ ހައްލެއްނޫން" ދިއްފުށީ ހަރުމީހަކު ވިދާޅުވިއެވެ.

ދިއްފުށީގައި ގާނޫނު އަމިއްލަ އަތްމައްޗަށް ނަގާ ކުއްކުރާމީހުން ނުވަތަ އެކަމަށް ޝައްކުކުރާމީހުންގައިގާ ތެޅުމަކީ ނަސީމް މެމްބަރުކަމަށް އައިފަހުންު މިގުރޫޕުން އާންމުކަމަކަށް ހަދައިފިއެވެ. މިދިޔަ ރޯދަމަހުވެސް ދިއްފުށީގައި ވައްކަން ކުރާބައެއް ކަމަށް ބުނެ ރޭގަނޑު މިގޮތަށް ބައެއްގައިގާ ތަޅާ އަނިޔާ ކޮށްފައިވެއެވެ. އެގްރޫޕްގެ ތެރެއިން އެކަކު ބުނީ މިކަމުގައި އެމީހުން ގއ.ވިލިނގިލީ ޝިހާމް ގައިގާ ތަޅައިގަތުމުގެ ކުރިން މެންބަރު ނަސީމް އަށް ގުޅިކަމަށް އަދި ނަސީމް ވަނީ ކުރިއަށް ގެންދިއުމަށާ އެކަމުގައި ހައްޔަރު ކޮށްފިއްޔާ އެމީހުންގެ ދިފާއުގައި އުޅެދޭނެ ކަމަށް ބުނެފައެވެ.

ފުލުހުން ހަވަރު އެއްކޮށް ރަށުގެ އަމަންނަގާލައި މާރާމާރީ ހިންގި މީހުން ހައްޔަރު ކުރަން ފެށުމުން މެމްބަރު ނަސީމް ވަނީ މީޑިއާތަކަށް އެކަމާ ނުރުހުން ފާޅުކޮށް އިންޓަވިއުދީފައިވެއެވެ. އަދި ހައްޔަރު ކުރިމީހުނަށް ލޯޔަރު ނަގައިދިނުމުގެ ހަރަދުވެސް ކުރަނީ މެމްބަރު ނަސީމް އެވެ. ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް އަދަބު ދޭންވީއެވެ. ނަމަވެސް ވަކިރަށެއްގައި މިގޮތައް އަމިއްލަ އަތައް ގާނޫނު ނަގައިގެން މޮބް ރޫލް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެކެވެ. އަދި މިކަމަށް މަޖްލިސް މެމްބަރަކު ކުޑަކޮށްވެސް ހިތްވަރު ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫނެވެ. މިއީ ވަރަށް ނުރައްކާތެރި ސަގާފަތެއްގެ ފެށުމެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

5 Responses

  1. ތީގަހަމަ އޮތްގޮތަކީ ދެކުނަށް މަސްވެރިކަން ރަނގަޅު ވެލާއިރަށް ދިއްފުށި ދޯނިފަހަރުދާނެ މަސްވެރިކަމު ދެކުނަށްގޮސް މަސްކިރަން ވަންނާނެ ކޫއްޑޫއަށް ވަނީމަ ވަކި ބަލާނެކަމެއްނެތް ތަޅާރާކޭސް ގަންނަވަންވީ އެސޮރަށް ވީވަރު ކޮށްލީމަ ރަނގަޅުވާނެ

  2. Naseemu ekanye noon, fuluhun vess hivvaru dheegen mihaaru mi Gaumuga bodethi jareemaathah hinganee, raiyyithunnah v saafukoh mi hageegaiyy engey..

  3. އެމްޕީ ނަސީމަށްތާއިދުކޮއް ކެންޕެއިންކުރިމީހަކު ކުށެއްކޮއްފިނަމަ ވާނެތޯ ނަސީމްހިތްވަރުދެއްވީކަމަށް ވަރަށް ޖޯކް ވާހަކައެއް

  4. Thi member akee varah anga hadi golaeh.. Ekannkuree eynaage campaign group veema evarah e thelhenee. Aharemennakee ves mi atholhu baeh. Dhannaan theena. Angafoni kandaa beethaa eh

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add