މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
މިހާދިސާ ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ޔަޤީންކޮއްދީފައެވެ. ފުލުހުން ބުނީ މާލޭ ގެއެއްގައި ޒަހަމް ތަކަކާއެކު މަރާލާފައި އޮތް އަންހެނަކު ފެނިގެން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ސީން އިން ފިރިހެނަކު ހައްޔަރު ކޮއްފައިވާ ކަމަށެވެ،.
މައުލޫމާތުލިބިފައިވާ ގޮތުގައި އެ އެންހެން މީހާ މަރާލާފައިވަނީ ކަރު ބުރިކޮއްލައިގެންނެވެ. މިހާދިސާ ހިނގާފައިވަނީ ހެންވޭރު ޗީބޯ ރެސްޓޯރެންޓް ކައިރީ ހުންނަ ގެއެއްގައެވެ.

އަނިޔާވެރި ރަހުމު ކުޑަގޮތަކަށް މަރާލާފައިވަނީ ފުވައްމުލަކުގެ 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު އެވެ. ޝިއާއުގެ ގާތިލަކީ އުމުރުން 23 އަހަރުގެ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް އެވެ.
ޝާހިލް ވަނީ ޝިއާއުގެ ކަރު ބުރިކޮށްލުމުގެ އިތުރުން އަތާއި ފައި ވެސް ބުރިކޮށްލާފައި ކަމަށް ޚަބަރު ލިބެއެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓެއް ލައިގެންނެވެ. އެއީ އޭނާ ހައްޔަރުކުރިއިރު ހުރިގޮތް ކަމެއް ނުވަތަ ފަހުން ފުލުހުން އޭނާ ސޫޓަކަށް ލެއްވީ ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.
ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެއެވެ.
ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހަށިގައި ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.




