މިއަހަރުގެ ޖެނުއަރީމަހު 144 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓް ކޮށްފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާގޮތުން ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ބަންގްލަދޭޝް ވިއެޓްނާމް އަދި އިންޑިއާއަށެވެ. އަދި އެކްސްޕޯރޓް ރޯޔަލިޓީގެ ގޮތުގައި ޖެނުއަރީމަހު ލިބިފައިވަނީ 24 މިލިއަން ރުފިޔާ އެވެ.
Monthly Statistics – January 2025
⛴️ Imports MVR 5.2B
⛴️ Exports MVR 144M
Revenue MVR 287M
In addition;
Major Importing categories
Exporting commodities
top 5 importing / exporting countrieshttps://t.co/IPKp2lOpg8 pic.twitter.com/03g4qt7QOb
— Maldives Customs Service (@CustomsMv) March 3, 2025
ޖެނުއަރީމަހު ދަޅުމަހުގެގޮތުގައި 29 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، ފިނިކުރި ކަޅުބިލަމަހުގެ ގޮތުގައި 73 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާއިރު ި 15 މިލިއަން ރުފިޔާގެ ފިނިކުރި ކަންނެލީގެ ބޭރުކޮށްފައިވެއެވެ. އަދި 4 މިލިއަން ރުފިޔާގެ ޔެލޯފިން ޓޫނާ ލޮއިންސް އެކްސްޕޯޓް ކުރިއިރު 6 މިލިއަން ރުފިޔާގެ ތައްޔާރުކުރި މަސް އެކްސްޕޯރޓް ކޮސްފައިވެއެވެ،




