މޯލްޑިވްސްެ އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް ޔޫރަޕުން ގެނައި ޑރ. ވިޓާލީ ލިއުބިމޯވް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކިކޮށްފި އެވެ.
އެކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޯވް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ، ނަމަވެސް އެ މަގަޤާމުން އެނާ ވަކިކުރި ވަކި ސަބަބެއް ބުނެފައެއް ނުވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .
— Privatization & Corporatization Board (@pcb_gov) March 3, 2025
ޔުކްރޭނުގެ ރައްޔިތެއް ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޯވް ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޑރ. ވިޓާލީ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ ސަމާހު ރަޝީދު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މަގާމުން ވަކިކުރުމަށްފަހުގައެވެ.