5 ރަށެއްގައި އައިސްޕްލާންޓް ހަދައިދޭނެ ބަޔަކު ހޯދަން 2 ވަނަ ފަހަރަށް އިޢުލާނުކޮށްފި

ފަސް ރަށަކަށް އައިސް ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލްކޮށް ދޭނެ ބަޔަކު ހޯދަން 2 ވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ހއ. ދިއްދޫ އާއި، ކުޅުދުއްފުށި ސިޓީ އާއި، ށ. ކޮމަންޑު އާއި އއ. ރަސްދު އަދި ގދ. ރަތަފަންދޫ އަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތްތަކެއް ހޯދަން މީގެ ކުރިންވެސް ވަނީ އިއުލާނު ކޮށްފައެވެ.

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ފައިސާ ހަމަޖެހިގެން އެ 5 ރަށުގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް ތައް އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 ރުފިޔާ ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުުގެ 11 އާ ހަމައަށް ހުޅުވާލާފައިވާއިރު ރަޖިސްޓްރޭޝަނަށް ފީގެ ގޮތުގައި  1،500 ރުފިޔާ ދައްކަން ޖެހެނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *