ހުޅުމާލެ ހާފްވޭ ހައުސް ގައި މަސްތުވާތަކެތީގެ ފަރުވާގައި ބައިތިއްބާފައި ވަނިކޮށް ފިލައިގެން އުޅުނު ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނަކާއި އައްޑޫ ހިތަދު އަށް ނިސްބަތްވާ 37 އަަހަރުގެ ފިރިހެނެކެވެ. އެ 2 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އަދި އެ ދެމީހުންނަކީވެސް ހައްޔަރާއި ބަންދުގެ ރެކޯޑް ވެސް އޮންނަ ދެ މީހުންނެވެ.
ރާއްޖޭގައި މަސްތުވާތަކެތީ މައްސަލަ ހައްލު ކުރުމަށްޓަކައި ގިނަ ބަޔަކު ފަރުވާ އަށް ވެއްދުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.




