އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ހާއްސަ ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.
ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި މާދަމާ ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ފޮރިންގ މިނިސްޓަރުންގެ އެކްސްޓްރާ އޯޑިނަރީ ކައުންސިލް ގައި ބައިވެރިވެޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އެ ބައްދަލުވުމަކީ ފަލަސްތީނުގެ ގާޒާގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ބާއްވާ ހާއްސަ ބައްދަލުވުމެއް ކަމަށްވެސް ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ.