ގްރޯސަރީގެ ގޮތުގައި ރާއްޖެ ގެންނަން އުޅުނު 30 ކިލޯގެ މަސްތުވާތަކެތި އިންޑިއާއިން އަތުލައިގެންފި

ގްރޯސަރީގެ ގޮތުގައި ރާއްޖެ ގެންނަން އުޅުނު 30 ކިލޯގެ މަސްތުވާތަކެތި އިންޑިއާއިން އަތުލައިގެންފި އެވެ.

މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހު އިންޑިއާގެ ޓަމިލްނާޑޫ ގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ،މާލެއަށް ދަތުރުކުރި ބޯޢްޓެއްގައި މަޗްތުވާތަކެތި ރާއްޖެއަށް ގެންދާކަމުގެ މައުލޫމާތު އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސަށް ލިބުމާއެކު އިންޑިއާގެ ކޯސްޓް ގާޑާ އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ހިންގި އޮރޭޝަނެއްގައެވެ.

އެ އޮޕަރޭޝަނުގައި އެ ބޯޓް ގަލްފް އޮފް މަންނާ (ޓަމިލްނާޑޫ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ސަރަހައްދު) އިން އިންޑިއާގެ 2 ކޯސްޓަގާޑް އެ ބޯޓް ހިފަހައްޓައި ބަލައި ފާސްކުރުމުގެ ތެރެއިނ ބްރޭންޑެޑް ގްރޯސަރީ އައިޓަމްތަކުގެ ނިޝާން ޖަހާފައިވާ ޕެކެޓްތަކުގައި ބަންދުކޮށްފައިވާ 30 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ބޯޓް ގައި ތިބި 9 ފަޅުވެރިންނާއެކު ބޯޓް މިހާރުވަނީ އިންޑިއާގެ ޓްޓިކޮރިން ބަނދަރަށް ގެންގޮސްފައިކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކަކީ ކޮންސެންޓްރޭޓެޑް ކެނަބިސް އެކްސްޓްރެކްޓެއް ކަމަށްވާ ހަޝިޝް އޮއިލްކަން ކަށަވަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ހަޝިޝް އޮއިލް ނުވަތަ ހަޝް އޮއިލްއަކީ ކެނަބިސްގެ އެހެން ބާވަތްތަކަށް ވުރެ ސައިކޯއެކްޓިވް ކެމިކަލް ޓީއެޗްސީ (ޑެލްޓާ-9-ޓެޓްރާހައިޑްރޯކެނަބިނޯލް) ކޮންސެންޓްރޭޝަން ވަރަށް ބޮޑަށް އެކުލެވިގެންވާ އެއްޗެކެވެ.

އިންޑިއާއިން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ އަގު 3.8 މިލިއަން ޑޮލަރު ނުވަތަ 60 މިލިއަން ރުފިޔާ އަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *