ކާށީގެ ތާށިކަން ފިލުވުމަށް ވިޔަފާރިވެރިންގެ އޯޑަރަށް އެސްޓީއޯއިން ކާށި ގެނެސްދެނީ

ކާށީގެ ތާށިކަން ފިލުވުމަށް ވިޔަފާރިވެރިންގެ އޯޑަރަށް ކާށި ގެނެސްދޭން އެސްޓީއޯއިން ނިންމައިފި އެވެ.

ބާޒާރަށް ދިމާވެދައިވާ ކާށީގެ ޝޯޓޭޖު ހައްލު ކުރަން ހޯލްސޭލްކޮށް ކާށި ވިއްކަން އެސްޓީއޯ ނިންމާފައިވަނީ ޕްރީ ބްކިންގ ހަދާ ވިޔާފާރިވެރިންނަށް ކޮންމެ 10 ދުވަހަކުން ކާށިގެނެސްދޭ ގޮތަށެވެ.

މިވަގުތު ބާޒާރުގައި ކާއްޓެއް ލިބެން ހުރީ 40 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް ކާށީގެ އަގު ތިރިކުރަން އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާ ގެ ރޭޓުން ވިއްކަން ފަށައިފަ އެވެ.

ބާޒާރުގައި ކާށީގެ ސްޓޮކް ނެތުމުން އުފެދިފައިވާ ޑިމާންޑް ދަށްކުރުމަށްޓަކައި އެސްޓީއޯއިން އަޅާފައިވާ ފިޔަވަޅުގެ ދަށުން ކާށީގެ ސްޓޮކް ހޯދަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި 7291124 އަށް ވައިބަ މެސެޖް ކޮށްގެން ވެސް ބުކް ކުރެވޭނެ  ކަމަށާއި، ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުން ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

ބާޒާރުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލް އަގުތަކެއްގައި އަންނަނީ ވިއްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *