އީލޮން މަސްކްގެ "އެކްސް" ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެ 2 ވަނަ ފަހަރަށް މިއަދު އެޕްލެޓްފޯމް ޑައުންވެއްޖެ އެވެ.
އެކްސް ޕްލެޓްފޯމަށް ފުރަތަމަ މައްސަލަ ދިމާވީ މިއަދު ހެނދުނު 9:45 ހާއިރު އެވެ. އެމީހުންގެ އެކްސް ފީޑުގައި ވެސް އެ މައްސަލަ ރިޕޯޓް ކުރި އެވެ.
ކެނެޑާ، އިނގިރޭސިވިލާތް، އެމެރިކާ، އިޓަލީ، މެލޭޝިއާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ އެކްސް ބޭނުންކުރާ މީހުން ވެސް ވަނީ އެފަދަ މައްސަލަތަކެއް ރިޕޯޓްކޮށްފަ އެވެ. ސްޕޭސް އެކްސް އާއި ޓެސްލާގެ ވެރިޔާ އެލޮން މަސްކް އެކްސް ޕްލެޓްފޯމްގެ މިލްކުވެރިކަން 2022 ވަނަ އަހަރު ހޯދީ 43-44 ބިލިއަން ޑޮލަރު (37.9 ބިލިއަން ޕައުންޑް) ގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެއަށްފަހު މަހެއްވަންދެން ގާނޫނީ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ފަހު އެލޮން މަސްކް ވަނީ ޓްވިޓާގެ ނަން އެކްސް އަށް ބަދަލުކޮށްފަ އެވެ.
މިއަދު ދުނިޔޭގެ އެކި ގައުމުތަކުގެ ނޫސްތަކުންވަނީ އެގައުމުތަކުގައި އެކްސް ޕްލެޓްފޯމް ބޭނުންކުރުމުގައި މައްސަލަތަށް ކުރިމަތިވަމުންދާކަމަށް ރިޕޯޓް ކޮސްފައެވެ.




