ފުލުހުންގެ އިނެޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ ފަށާފައިވާ ގައުމީ ސަލާމަތާގުޅޭ އޮޕަރޭޝަނުގައި ކަސްޓަމުން ކަރާ ބަރުކޮށްގެން ނިކުތް ކަރާ ލޮރީއެއް ހުއްޓުވައި ލޮރީ ދުއްވަން އިންމީހާ ސަލާމަތީ ހިދުމަތްތަކުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފިއެވެ.
މި ލޮރީއަކީ އެމްޕީއެލް ސަރަހައްދުން ކަރާ ބަރުކޮށްގެން އައި ލޮރީއެކެވެ. އެމްއެމްއޭ ކުރިމަތިން ކަރާ ލޮރީ ހުއްޓުވުމަށްފަހު ސިފައިންނާ ފުލުހުން ވަނީ އެ ލޮރީ ސަލާމަތީ ހިދުމަތްތަކުގެ ބާރުގެ ދަށަށް ގެންގޮސް ޑްރަވައިރު ހައްޔަރުކޮށްފައެވެ، އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅޭގެއަށް ގެންގޮސް އެގެ ވަނީ ބަލާ ފާސްކޮށްފައެވެ.
މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ބައެެެއް ތަންތަން ސަލާމަތީ ބާރުތަކުން ގެންދަނީ ފާސްކުރަމުންނެވެ.




