މާލެ އިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ނ. މަނަދޫ، ރީހުއްސަބާ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު، ގެއްލިގެން އިއްޔެ ހަވީރު އޭނާގެ އޭނާގެ އާއިލާއިން ރިޕޯޓް ކޮސްފައިވާ އެނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ އަބްދުﷲ ޝިހާދު އަކީ މާލޭގައި ދިރިއުޅެމުންގެންދާ މީހެއްކަމަށާއި، އޭނަގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:41 ގައި ކަމަށެވެ. އޭގެ ފަހުން ޝިހާދުގެ ހަބަރެއް ނުވާކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައިވެ އެވެ.




