ފްރީ ޒޯން ކޮމްޕަނީގެ ސަބްސިޑަރީއެއްގެ ގޮތުގައި އެގްރޭނެޓްގެ މަސައްކަތް އަލުން ފަށަން ނިންމައިފި

ޙަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އުވާލަން ނިންމަވާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް ގެ މަސައްކަތްތައް އަލުން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގްރޯނެޓް އުވާލަން ނިންމީ ސަރުކާރުން އޭރު އަޅަމުންދިޔަ ޙަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. ނަމަވެސް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށްވެސް ވަނީ ހަމަޖައްސަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *