ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި އެވެ.
ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަނާލެއް ތަރައްގީކުރުމުގެ އެއް ބަސްވުމުގައި ސޮއިކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި މަތީ ތަޢުލީމާއި ބެހޭ މިނިސްޓްރީ އާއިދެމެދު ވެވުނު އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ހައިދަރު އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ރިޓަޔަރޑް އަލީ ޒުހައިރު އެވެ.
މަތީ ތައުލީމާ ބެހޭ މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ކުޅުދުއްފުށި ސިޓީގައި 35،777.88 އަކަފޫޓްގެ ޖާގައިގަ ބިނާ ކުރާ އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ.
އޭގެ އިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެ ކަމަށާއި، އަދި ދަރިވަރުންނަށް އެރަށުގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ހުންނާނެ ކަމަށް މަތީ ތައުލީމާބެހޭ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީގައި ތަރައްގީކުރެވޭ ދަނާލުގައި ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެއެވެ.




