މި އަހަރުގެ މިހާތަނަށް 5 ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ (11 މާރިޗް 2025) ނިޔަލަށް ރާއްޖެއަށް ވަނީ 500,233 ޓޫރިސްޓުން ޒިޔާރަތް ކޮށްފައެވެެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްްފައިވަނީ 478,416 ޓޫރިސްޓުންނެވެ. އެހެންކަމުން މި އަދަދަކީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި އަހަރު މިހާތަނަށް ރާއްޖެއަށް ޗައިނާއިން 63,478 ޓޫރިސްޓުން ޓޫރިސްޓުން ޒިޔާރަތްކޮސްފައިވާއިރު 2 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 50,773 ޓޫރިސްޓުން ނެވެ. އަދި 3 ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 50,620 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.




