ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ޙުސްނުއްސުޢޫދު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ކުރިމަތިލުމަށް މި މަމަހުގެ 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ ސުންގަނޑި މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހަމަވިއިރު ކުރިމަތިލާފައި ވަނީ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފަފައިވާ މަރްޔަމް ނިހާޔަތުއެވެ.
އެހެންކަމުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކުރި ދެވަނަ ޢިއުލާނުގައި ވިދާޅުވީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިހާރު ކޮށްފައިވާ އިއުލާނުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
އަލުން އިޢުލާން ކުރިކަމުގައިވިޔަސް ޖޭއެސްސީްނ 10 މާރިޖޗްގައިކުރި އިއުލާނާ ގުޅިގެން ފުރިހަމަކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހަޅަން ނުޖެހޭނެކަމަށް އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.





One Response
ނިހާޔަތު އުޅޭނެ. އޭނަ ކުރިމަތިލާނެ. ސަތުކާރުން ބުނިގޮތކަށް ނިންމާލާނެ.