އެމްޑަބްލިއުއެސްސީ އެޕުން ފެންބިލު ދައްކައިގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު

އެމްޑަބްލިއުއެސްސީ އެޕު މެދުވެރިކޮށް ފެންބިލުދައްކައިގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެކުންފުނިން ހުޅުވާ ލާފައިވާ ފުރުސަތުގެ ދަށުން އެޕް މެދުވެރިކޮށް ފެންބިލު ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް އުމުރާ ދަތުރު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެޕް މެދުވެރިކޮށް ފެންބިލުދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންނާއި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް އައުޓް ސްޓޭންޑިންގ އެއް ނެތް ފަރާތްތައް ކަމަށެވެ.

 

އެމްޑަބްލިއުއެސްސީން ބުނީ ގްރުއަތުން ހޮވޭ ފަރާތުގެ އުމުރާ ދަތުރު އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިލައްވާނެ ކަމަށާއި، ނަމަވެސް އުމުރުރާ ދަތުރުގެ ބަދަލުގައި ފައިސާ ނުނެންގެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *